
.jpg?w=3840&q=75)







ހައުސިން މިނިސްޓްރީގައި އަލިފާން ރޯވި ހާދިސާ އާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އެނގިވަޑައިގަންނަވާ މަޢުލޫމާތު ސާފުކުރުމަށް ފުލުހުންނަށް އަންގައިފިއެވެ.
ހޯމް މިނިސްޓަރ މިކަން ހާމަކުރެއްވީ ހޮނިހިރު ދުވަހު، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމު މި ހާދިސާއާ ގުޅިގެން ދައްކަވާފައިވާ ވާހަކަފުޅުގައި އެ އިމާރާތްތަކުގައި އަލިފާން ރޯކޮށްލި މީހާވެސް ފުލުހުންނަށް އެނގޭކަމަށް މުތުލަގުކޮށް ވިދާޅުވެފައިވާތީ، އެކަމާ ގުޅިގެން ސޯޝަލް މީޑީއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.
މިިސްޓަރ ވިދާޅުވީ އެ ހާދިސާ ގުޅިގެން ދިވެހި ފުލުހުންނާއި އެކުވެރި ޤައުމުތަކުގެ މިފަދަ ކަންކަން ތަހުޤީގުކުރާ މާހިރުން ގުޅިގެން ކުރި ތަހުގީގުން ކުރި ތަހުގީގުން އެ ހާދިސާ ހިނގާފައިވަނީ ކަރަންޓު ނަރުތަކުގައި ރޯވެގެންކަމަށް އެނގިފައިވާ ކަމަށެވެ. އަދި އެއްވެސް މީހަކަށް މިމައްސަލާގައި ޖިނާއީ ތުހުމަތެއް ކުރާނެ އެއްވެސް ހެއްކެއް ތަހުގީގަށް ލިބިފައިނުވާކަމަށް ފުލުހުން މައުލޫމާތު ދެއްވާފައިވާ ކަމަށެވެ.
އެހެންނަމަވެސް 5 ސެޕްޓެމްބަރ 2026 ވީ ހޮނިހިރު ދުވަހު ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމު ދައްކަވާފައިވާ ވާހަކަފުޅުގައި އެ އެމާރާތްތަކުގައި އަލިފާން ރޯކޮށްލާފައިވާ ކަމަށާއި އެކަން ކުރި މީހާވެސް ފުލުހުންނަށް އެނގޭކަމަށް މުތުލަގުކޮށް ވިދާޅުވެފައިވާކަމަށެވެ.
އެހެންކަމުން އެމައްސަލާގައި ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާ މަޢުލޫމާތު ސާފުކުރައްވައި، ތަހުޤީގުގައި އިތުރަށް ބައްލަވަންޖެހޭ ކަމެއްހުރިނަމަ އެކަން ބެއްލެވުމަށް ފުލުހުންގެ ޚިދުމަތަށް ދަންނަވާފައިވާކަމަށް ހޯމް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި ދިވެހި ފުލުހުންގެ މައްޗަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ތުހުމަތު ތަހުޤީގުކޮށް ދެއްވުމަށްއެދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށްވެސް ހުށަހަޅުއްވާފައިވާނެކަމަށް ވެސް ވިދާޅުވިއެވެ.
އެ ހާދިސާ ހިނގާފައިވަނީ 12 ޑިސެމްބަރ 2024ގައެވެ. އެ ހާދިސާގައި ރޯވެފައިވަނީ ގެދޮރުވެރިކަމާބެހޭ ވުޒާރާގެ އިތުރުން އިމާރާތް ކުރުމާއި ބިނާރާބެހޭ ވުޒާރާ އަދި ތިމާވެއްޓާބެހޭ ވުޒާރާ ހިންގި އިމާރާތުގައެވެ. މި ހާދިސާގައި އިމާރާތް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފައެވެ. އަދި އަލިފާނުގެ ހަދިސާ ހިންގި ކޮށީގައި ހިންގަމުން ދިޔަ މާލެ ސިޓީ ކައުންސިލުގެ ބަޔަކަށްވެސް އަލިފާނުގެ އަސަރުކޮށްފައިވެއެވެ.

.jpg?w=3840&q=75)





.jpg?w=3840&q=75)
