
މާލެ ސިޓީ
މާލޭގެ ގެއެއްގައި ގޭސް ލީކުމުގެ ހާދިސާއެއް ހިނގައި އަންހެނަކު ނިޔާވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މާލެ މާފަންނު ދިލްކުޝާ ގޯޅީގައި ހުންނަ ގެއެއްގައި ދެ މީހަކު ހާލުދެރަވެފައި އޮތްކަމުގެ މައުލޫމާތު 2026 އޯގަސްޓް 27ވަނަ ދުވަހުގެ ހެނދުނު 10:34 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ހާލުދެރަވެފައިވާ ދެ މީހުންގެ ތެރެއިން އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ މީހާ ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތުދީފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. މި ހާދިސާގައި ނިޔާވެފައިވަނީ ދަފްތަރު ނަންބަރު ރސ 6210/ މާލެ، ޒާހިދާ ތައުފީޤޔ (51އ) އެވެ.
ހާލު ދެރަވި 19 އަހަރުގެ އަންހެން މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.












