
ހުޅުމާލެ ސެންޓްރަލް ޕާކް
ހުޅުމާލެ ފޭސް 1 ގެ އެކި ސަރަހައްދުތަކުން މާދަމާ ހެނދުނު ކުޑައިރުކޮޅަކަށް ކަރަންޓު ކެނޑިދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފި އެވެ.
ސްޓެލްކޯއިން ކުރި އިއުލާނެއްގައި ބުނީ އެކުންފުނީގެ ޑިސްޓްރިބިއުޝަން ނެޓްވޯކުގައި ކޮންމެހެން ކުރަން ޖެހޭ މަސައްކަތެއް ކުރުމަށް ހުޅުމާލޭގެ 1 ގެ އެކި ސަރަހައްދުތަކުން ހެނދުނުގެ ވަގުތުގައި ކަރަންޓުގެ ހިދުމަތް މެދުކެނޑިދާނެ ކަމަށެވެ.
އެގޮތުން ޑިސްޓްރިބިއުޝަން ނެޓްވޯކުގެ މަސައްކަތަށް ކަރަންޓު ކެނޑޭނެ ކަމަށް ސްޓެލްކޯއިން ބުނެފައިވަނީ ހެނދުނު 06:00 އާއި 07:00 ގެ ދެމެދުގެ ވަގުތެއްގައި ކުޑަވަގުތުކޮޅަކަށެވެ.
ސްޓެލްކޯއިން ވަނީ މި މަސައްކަތްތަކުގެ ތެރެއިން ކަރަންޓު ކެނޑެން މެދުވެރިވާތީ ދިމާވާނެ ދަތިތަކަށް މާފަށް އެދިފައި އެވެ.
އެކުންފުނީން ދަނީ އެކުންފުނިން ދެމުންދާ ކަރަންޓުގެ ހިދުމަތް ރަނގަޅުކޮށް ކެޕޭސިޓީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.






.jpeg?w=3840&q=75)









