
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް- ފޮޓޯ: ގާފު
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މެދުވެރިކޮށް ރާއްޖެއައި ފަސިންޖަރުންގެ އަދަދު 1 މިލިޔަނަށްވުރެ އިތުރުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން ނެރުނު ތަފާސްހިސާބުތައް ދައްކާގޮތުގައި މިއީ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި 1،028،549 ފަސިންޖަރުންގެ ތެރެއިން 97.3% އެވެ.
މީގެތެރެއިން ގިނަ މީހުން ޒިޔާރަތްކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށެވެ.
އެވްރެޖްކޮށް މިހާރު ރާއްޖެއަށް 5،980 ފަތުރުވެރިންނަށް އަންނައިރު، އޭގެތެރެއިން އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ.
* ޗައިނާ: 160،811 ފަތުރުވެރިން* ރަޝިއާ: 143،161 ފަތުރުވެރިން* އިނގިރޭސިވިލާތް: 84،545 ފަތުރުވެރިން* އިޓަލީވިލާތް: 72،561 ފަތުރުވެރިން* ޖަރުމަނުވިލާތް: 65،504 ފަތުރުވެރިންޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ރިސޯޓުތަކުގައި 721،2060 ފަތުރުވެރިން ޗުއްޓީ ހޭދަކުުރުމަށް ޒިޔާރަތްކޮށްފައިވާއިރު، ގެސްޓްހައުސްތަކުގައި 237،168 ފަތުރުވެރިން، ހޮޓެލްތަކުގައި 24،816 ފަތުރުވެރިން އަދި ސަފާރީ އުޅަނދުތަކުގައި 20،922 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެ އެވެ.












