%20(1).jpg?w=3840&q=75)
--
ހިޔާ ފްލެޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެޕާޓްމެންޓަކަށް ބޮޑެތު ގެއްލުންތަކެއް ލިބިއްޖެ އެވެ.
ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓު އޮތޯރިޓީން މިރޭ ބުނީ ހުޅުމާލެ ފޭސް 2 ހިޔާ ޓަވަރު 8 ގެ 15 ވަނަ ފަންގިފިލާގެ 10 ވަނަ އެޕާޓްމަންޓުގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި، އެ އެޕާޓްމަންޓަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
އެގޮތުން މި ހާދިސާގައި އެޕާޓްމަންޓުގެ އެއް ކޮޓަރި އެއްކޮށް އަނދައި ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާކަމަށް އެންޑީއެމްއޭއިން ވަނީ ބުނެފައި އެވެ.
މި ހާދިސާއާއި ގުޅިގެން އެންޑީއެމްއޭއިން އަންނަނީ ، އެ ގޭގައި ދިރިއުޅޭ ހަތަރު މީހުންގެ އާއިލާއަށް ބޭނުންވާ ޒަރޫރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.
މި ހާދިސާއާއި ގުޅިގެން އަދި މިހާތަނަށް ސިފައިން ބަހެއް ބުނެފައިނުވެއެވެ.
















