
%20(1).jpg?w=3840&q=75)

.jpg?w=3840&q=75)



.jpeg?w=3840&q=75)

-
ޑިޕާޓްމަންޓް އޮފް ނެޝެނަލް ރެޖިސްޓްރޭޝަން އާއި އެސްއެމްއީ ޑިޖިޓަލްއާ ދެމެދު މަޢުލޫމާތު ހިއްސާކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ޑީ.އެން.އާރުގެ ފަރާތުން ސޮއިކުރެއްވީ އެ އިދާރާ ހިންގެވުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ މިނިސްޓަރު އަހުމަދު އަލީއެވެ. އަދި އެސްއެމްއީ ޑިޖިޓަލްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ ބަދުރުއްދީން ހަސަންއެވެ.
އެސްއެމްއީ ޑިޖިޓަލްއިން ބުނީ މި އެއްބަސްވުމުގެ ދަށުން، ޑީ.އެން.އާރުގެ އޭ.ޕީ.އައި މެދުވެރިކޮށް ކަސްޓަމަރުންގެ މައުލޫމާތު ކަށަވަރުކުރުމުގެ ފުރުސަތު އެސްއެމްއީ ޑިޖިޓަލްއަށް ލިބޭނެ ކަމަށެވެ.
އަދި މީގެ ސަބަބުން އެސްއެމްއީ ޑިޖިޓަލްއިން ކަސްޓަމަރުންގެ ކޭވައިސީ ވެރިފިކޭޝަން އޭ.ޕީ.އައި މެދުވެރިކޮށް ކަށަވަރުކުރެވި، ކުންފުނީގެ ހިދުމަތްތައް މިހާރަށްވުރެ އަވަސް ވެގެންދާނެވެސް ކަމަށެވެ.

%20(1).jpg?w=3840&q=75)

.jpg?w=3840&q=75)




