








-
ޒެމްބިއާ އިންޓަރނޭޝަނަލް ބެޑްމިންޓަން ސީރީޒް 2025ގެ މިކްސް ޑަބަލްސް އިވެންޓުގައި ވާދަކޮށް ރަންމެޑެލް ހޯދި ދިވެހި ކުޅުންތެރިންނަށާއި، ރިހިމެޑެލް ހޯދި ދިވެހި ކުޅުންތެރިންނަށް ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ދިވެހި ކުޅުންޔެރިންނަށް ތަހުނިޔާ ވިދާޅުވީ އެމަނިކުފާނުގެ އެކްސް އެކައުންޓުގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
މި މުބާރާތުގެ މިކްސްޑް ޑަބަލްސް އިވެންޓުގައި ރާއްޖޭގެ ފަރާތުން ވާދަކޮށް ރަން މެޑެލް ހޯދާފައިވަނީ، ފާޠިމަތު ނަބާހާ ޢަބްދުއްރައްޒާޤާއި ހުސައިން ޒަޔާންއެވެ.މިއީ ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަން (ބީޑަބްލިއުއެފް) ގެ މުބާރާތަކުން ނަބާހާ އާއި ޒަޔާންގެ ޕެއާއިން ހޯދި ދެވަނަ ރަންމެޑެލެވެ.
ޒެމްބިއާ މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓުން ނަބާހާ އާއި ނަބީހާ ޢަބްދުއްރައްޒާޤުގެ ޕެއަރއިން ވަނީ ރިހި މެޑަލްވެސް ހޯދާފައެވެ.
%20(1).jpg?w=3840&q=75)

.jpg?w=3840&q=75)





