

.jpg?w=3840&q=75)


.jpg?w=3840&q=75)



--
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި އެކު ބައެއް ސަރަހައްދަކަށް މިރޭވެސް ހުދު ސަމާލު ނެރެފި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ އދ އަތޮޅުން ފެށިގެން ގދ އަތޮޅާއި ހަމައަށް މިރޭގެ 03:00 ގެ ނިޔަލަށެވެ.
އެގޮތުން ސަމާލުގެ މުއްދަތުގައި އެސަރަހައްދަށް ބޯކޮށް ވާރޭވެހުމާއި އެކު ގުގުރާނެ ކަމަށް އެއިދާރާއިން ވަނީ ލަފާކޮށްފައި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ދާދި ފަހުން ނެރުނު ބަޔާނެއްގައި ބުނީ މިދުވަސްވަރަކީ އިރުވައި މޫސުން ނިމި ހުޅަނގުމޫސުން ފެށެމުންދާ ދުވަސްވަރުކަމުން ރާއްޖޭގެ ދެކުނުން އެުފެދޭ ވިއްސާރަވިލާތައް ދެކުނުގެ އަތޮޅުތަކަށް އަރަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ. އަދި އެއާއި އެކު ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ވަނީ ލަފާކޮށްފައި އެވެ.