


.jpeg?w=3840&q=75)
.jpg?w=3840&q=75)

.jpeg?w=3840&q=75)


--
ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަގާމަށް، ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ފައިޞަލް އައްޔަންކުރަން ނިންމައިފި އެވެ.
މި ނިންމުން ނިންމާފައިވަނީ ޖުޑީޝަލް ސާވިސަސް ކޮމިޝަނުން މިރޭ ބޭއްވި ޖަލްސާގައި އެވެ. އެގޮތުން ހައިކޯޓުން މިރޭ ބުނީ ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަގާމަށް، ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ފައިޞަލް އައްޔަންކުރަން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމަވާފައިވާ ކަމަށެވެ.
ހައިކޯޓުގެ ފަނޑިޔާރު ކަމަށް ބ.ފުޅަދޫ ވީނަސް އަލްއުސްތާޛު މުޙައްމަދު ފައިޞަލް ހަމަޖެއްސެވީ 2018 ވަނަ އަހަރުގެތެރޭގައި އެވެ.
މީގެ ކުރިން ހައިކޯޓުގެ އިސްފަނޑިޔާރުގެ މަގާމުގައި ހުންނެވީ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދު އެވެ. ނަމަވެސް މިދިޔަ މަހުގެ ތެރޭގައި ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދު ވަނީ ސުޕްރީމް ކޯޓުގެ ފަޑިޔާރަކަށް އައްޔަނުކުރައްވާފައި އެވެ.



.jpeg?w=3840&q=75)
.jpg?w=3840&q=75)