
-
ރައްޔިތުންނާއި ގާތުން ޚިދުމަތްދިނުމަށާއި ފުލުހުންނާއި ރައްޔިތުންނާ އޮންނަ ގާތްކަން އިތުރުކޮށް ފުލުހުންނަށްކުރާ އިތުބާރު ދެމެހެއްޓުމަށް ވިލިމާލޭގައި ވޯކް އެންޑް ޓޯކް ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.ނޮވެމްބަރު 2 ވަނަ ދުވަހުގެ ހަވީރު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި މާލެ ޕޮލިސް ކޮމާންޑުގެ އިސްވެރިންނާއި ވިލިމާލޭގައި މަސައްކަތްކުރާ ފުލުހުން ބައިވެރިވިއެވެ
މި ހަރަކާތުގެ ތެރެއިން، މިހާރު އެންމެ ގިނައިން ހިންގަމުންދާ ސްކޭމްގެ މައުލޫމާތު ހިއްސާކޮށް ރައްކާތެރިވާންވީ ކަންކަން ބުނެދީފައިވެއެވެ. އަދި މީސްމީޑިއާ މެދުވެރިކޮށް ހިންގާ ސްކޭމްތަކަށް ސަމާލުވެ ރައްކާތެރިވުމަށާއި ޒާތީ މައުލޫމާތާއި ބެންކު އެކައުންޓުގެ މައުލޫމާތު ފަދަ މުހިންމު މައުލޫމާތު އެހެން މީހަކާ ހިއްސާ ނުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.
މި ވޯކް އެންޑް ޓޯކްގެ ބޭނުމަކީ ވިލިމާލޭގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑުއަހައި ވިލިމާލޭގައި ފުލުހުންގެ ފަރާތުން ރަނގަޅުކުރަން ހުރި ކަންކަމަކީ ކޮބައިކަން ދެނެގަތުމެވެ.
.jpg?w=3840&q=75)
-1791113559823.jpeg?w=3840&q=75)


.jpg?w=3840&q=75)
-1791113559823.jpeg?w=3840&q=75)




