.jpeg?w=3840&q=75)



.jpeg?w=3840&q=75)

%20(1).jpg?w=3840&q=75)

އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުން އއ.ތޮއްޑޫގައި ކަސްރަތު ޕްރޮގްރާމެއް
އެމްއެންޑީއެފުން އއ ތޮއްޑޫގައި ކަސްރަތު ޕްރޮގްރާމެއް ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ ދެ ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި އެ ރަށުގެ 29 ފަރާތެއް ބައިވެރިވެއެވެ. މި ޕްރޮގްރާމް ކުރިޔަށް ގެންދަނީ އެމްއެންޑީއެފްގެ މާލޭ އޭރިއާ ކޮމާންޑާއި، އއ.ތޮއްޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެންނެވެ.
އެމްއެންޑީއެފުން ބުނީ މި ޕްރޮގްރާމަކީ ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށް ބާރުއެޅުމުގެ ގޮތުން އއ.ތޮއްޑޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އިސްނަގައިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މިޕްރޮގްރާމުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވަނީ އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުގެ މުދައްރިބުންނެވެ.
.jpeg?w=3840&q=75)






