
2023 ވަނަ އަހަރު އެކުލަވާލި ގައުމީ ފުޓްސަލް ޓީމު
ދުނިޔޭގެ ފުޓްބޯޅައި މައި އިދާރާ ފީފާއިން މުޅިން އަލަށް އެކުލަވާލި ފުޓްސަލް ރޭންކިންގައި ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން އެއްވަނަ ދިވެހިރާއްޖެ އަށް ލިބިއްޖެއެވެ.
ފީފާއިން އެކުލަވާލި ފިރިހެން ފުޓްސަލް ރޭންކިންގައި ރައްޖޭގެ އިތުރުން ދެން ހިމެނުނީ އިންޑިއާ އަދި ނޭޕާލް އެވެ. ޖުމުލަ 139 ގައުމު ރޭންކްކޮށްފައިވާ، ފީފާ ރޭންކްގައި ރާއްޖެ 110 ވަނައިގައި ހިމެނުނުއިރު، ރޭންކްގައި ނޭޕާލަށް ލިބުނީ 121 ވަނަ އެވެ. އަދި ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުުމު އިންޑިއާ އޮތީ ރޭންކިންގެ ފަހަތު ފަސްވަނައިގަ އެވެ. އެއީ ދުނިޔޭގެ 135 ވަނަ އެވެ.
ފީފާއިން، ފުޓްސަލް ކަނޑައަޅާފައި ވަނީ އިންޑޯ ގޭމެއްގެ ގޮތުގަ އެވެ. މި ސަރަހައްދުގެ ގައުމުތަކަކީ ފުޓްސަލް އަށް އެހާ އިސްކަމެއް ދޭ ގައުމުތަކެއް ނޫނެވެ. އޭޝިއާގައި ވެސް ގިނަ ގައުމުތައް އިސްކަން ދެނީ ފުޓްބޯޅަ އަށެވެ. ނަމަވެސް މިސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ފުޓްސަލްގެ އެއްވެސް ވަސީލަތެއް ނެތަސް، މިކުޅިވަރުގެ އަޑު އެންމެ ގަދަ ގައުމަކީ ރާއްޖެ އެވެ.
ނަމަވެސް ފުޓްސަލްގެ އަންހެން ރޭންކިންގައި ރާއްޖެ ލައްވައެއް ނުލި އެވެ. އަންހެން ރޭންކިގައި ހިމެނުނު ސާފްގެ ހަމައެކަނި ގައުމަކީ ބަންގްލަދޭޝް އެވެ. އެ ގައުމަކީ އަންހެން ފުޓްސަލްގައި ދުނިޔޭގެ 44 ވަނަ އެވެ.
ފީފާ ފުޓްސަލް އަންހެން އަދި ފިރިހެން ރޭންކިންގައި ވެސް އެންމެ ކުރީގައި އޮތީ ބްރެޒިލް އެވެ.
.jpeg?w=3840&q=75)



.jpeg?w=3840&q=75)



.jpeg?w=3840&q=75)

%20(1).jpg?w=3840&q=75)



