


.jpeg?w=3840&q=75)
.jpg?w=3840&q=75)

.jpeg?w=3840&q=75)


"އިންސްޓްރަކްޓަރ ކޮލިފިކޭޝަން ކޯސް 2" ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން
މޯލްޑިވްސް ނެޝަނަލް ކެޑޭޓް ކޯރ (އެމްއެންސީސީ) ގެ "އިންސްޓްރަކްޓަރ ކޮލިފިކޭޝަން ކޯސް 2" މިއަދު ފަށައިފިއެވެ.
ކޯސް ފެށުމުގެ ގޮތުން ފެބުރުވަރީ 10 ވަނަ ދުވަހު އެންސީއޯ އެކެޑަމީ، ކ.ގިރިފުށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، އެންސީއޯ އެކެޑަމީގެ ޑައިރެކްޓަރ، މޭޖަރ ޙުސައިން ޝާހިދުއެވެ. މި ކޯހުގައި، ރާއްޖޭގެ އެކިކަންކޮޅުތަކަށް ނިސްބަތްވާ ގިނަ ސްކޫލުތަކަކުން 33 ކެޑޭޓުން ބައިވެރިވެފައިވެއެވެ.
ތަމްރީނުގެ ބަައިތައް ގިރިފުށި ޓްރެއިނިންގ ސެންޓަރުގައި ކުރިއަށް ގެންދާ މި ކޯހުގައި މުދައްރިބުންގެ ގޮތުގައި ހަަރަކާތްތެރިވަނީ އެމްއެންޑީއެފްގެ މުދައްރިބުންނެވެ.
މި ކޯސް ފެށުމުގެ ރަސްމިއްޔާތުގައި އެންސީއޯ އެކެޑަމީގެ ޑެޕިއުޓީ ޑައިރެކްޓަރ، ސާޖަންޓް މޭޖަރ ޢަބްދުﷲ ޖަމީލްއާއި، އެންސީއޯ އެކެޑަމީގެ ސީނިއަރ އެންލިސްޓެޑް ލީޑަރ، ފަސްޓް ސާޖަންޓް ޝަކީބް ޒުހައިރުއާއި، މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯރގެ ޓްރެއިނިންގ އެންޑް ކޯޑިނޭޝަން އޮފިސަރ، ސާޖަންޓް މޭޖަރ ޒުޙައިރު ޙުސައިންއާއި މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯރގެ ޑައިރެކްޓަރ އޮފް އެޑްމިން އެންޑް ލޮޖިސްޓިކްސް، މޭޖަރ ރިފާން ޢަލީ ވަޙީދުއާއި، އެހެނިހެން އޮފިސަރުންނާއި ކޯހުގެ މުދައްރިބުން ބައިވެރިވެލެއްވިއެވެ.

.jpg?w=3840&q=75)





.jpeg?w=3840&q=75)
.jpg?w=3840&q=75)