logoEN
cocacola
ބަޖެޓަކީ ރައްޔިތުންގެ އެއްޗެއް، ވޯޓުނުދީ ފިލައިގެން އުޅުމަކީ އެމްޑީޕީގެ ސިފައެއް ނޫން - ރީކޯ

ބަޖެޓަކީ ރައްޔިތުންގެ އެއްޗެއް، ވޯޓުނުދީ ފިލައިގެން އުޅުމަކީ އެމްޑީޕީގެ ސިފައެއް ނޫން - ރީކޯ

އައިޝަތު އިފާޝާ

logo

11/29/2022, 7:32:34 AM

# މޫސާ މަނިކު (ރީކޯ)

Reeko

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އަންނަ އަހަރުގެ ބަޖެޓަކީ ރައްޔިތުންގެ އެއްޗެއް ކަމަށާއި، އެއަށް ވޯޓުނުދީ ފިލައިގެންް އުޅުމަކީ އެމްޑީޕީގެ ސިފައެއްް ނޫން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު (ރީކޯ) ވިދާޅުވެއްޖެއެވެ.

ގޮސިޔާ

އަންނަ އަހަރުގެ ބަޖެެޓު އިއްޔެ ބޭއްވި ޖަލްސާގައި ފާސްްކޮށްވައިވީ ނަމަވެސް، ބަޖެޓަށް އެމްޑީޕީގެ ބައެއް މެމްބަރުން ވޯޓު ދީފައެއް ނުވެއެވެެ. ބަޖެޓަށް ވޯޓު ދީފައިނުވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާޢީދުކުރައްވާ މެމްބަރުންނެވެ.

ބަޖެޓުގެ ބަހުސް މަރުހަލާގައިވެސް އެ މެމްބަރުން ވަނީ ބަޖެޓުގައި ހުރި ބޮޑެތި މައްސަލަތައް ފާހަގަކުރައްވައި އެބަޖެޓަށް ވޯޓު ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

އެމްޑީޕީގެ ބައެއް މެމްބަރުންް ބަޖެޓަށް ވޯޓު ނުދިން މައްސަލައާއި ގުޅިގެން ރީކޯ ކުރެެއްވި ޓުވީޓެއްގައި ވިދާޅުވީ، ބަޖެޓަކީ ރައްޔިތުންްގެ އެއްޗެެއް ކަމަށާއި، ބަޖެޓަށް ވޯޓުނުދީ ފިލައިގެން އުޅުމަކީ އެމްްޑީޕީގެ ސިފައެއް ނޫން ކަމަށެވެ.

އަދި ކެރިގެން ނޫނެކޭ ނުވަތަ އާއެކޭޭ ބުނަން ޖެހޭ ކަމަށާއި، ވިޕްލައިނާ ޚިލާފުވާނަމަ ޕީޖީ ގްރޫޕުން ފިޔަވަޅު އެޅިޔަސް އަދި ނޭޅި ކަމުގައިވިޔަސް، މެމްބަރުން ފިޔަވަޅު އަޅާނެ ކަމަށާއި، އޭގެ ޖަވާބު އިންތިޚާބަކަށް ނުކުމެލީމަ ލިބޭނެ ކަމަށް ރީކޯ ވިދާޅުވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ