
FRhvz_oVIAAr2WX
ފުލުހުންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލާއިފި އެވެ.

ފުލުހުންގެ ވަޒީފާއަށް ވަނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޑިސެމްބަރުމަހު 4 ވަނަ ދުވަހާ ހަމައަށް ވަޒީފާއަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކަކީ ސާނަވީ ތައުލީމުގެ ޖީ.ސީ.އީ އޯ ލެވެލް އިމްތިހާނު އަދި އެސް.އެސް.ސީ އިމްތިހާނު ހިމެނޭހެން ތިން މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން، ނުވަތަ ޖީ.ސީ.އީ އޯ ލެވެލް އިމްތިހާނު ނުވަތަ ސެކަންޑަރީ ސްކޫލު ސެޓްފިކެޓް އިމްތިހާނު ހިމެނޭހެން ދެ މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ލެވެލް 3 ގެ ކޯހެއް ފުރިހަމަކޮށް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވާ ފަރާތަކަށްވުމާއި ދިވެހި ފުލުހުންގެ ހިދުމަތާ ގުޅުންހުރި ދާއިރާއަކުން 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވައިވާ ފަރާތަކަށް ވާންޖެހެއެވެ. އެގޮތުން މި ޝަރުތު ހަމަވާ ފަރާތެއްނަމަ ފިރިހެން 5 ފޫޓް 3 އިންޗި އަދި އަންހެން ނަމަ 5 ފޫޓް އިސްކޮޅުގައި ހަމަވާންޖެހެއެވެ.
ހަމައެއާއެކު ޖީ.ސީ.އީ އޯލެވަލް އިމްތިހާނުގެ ހަތަރު މާއްދާއިން ދަށްވެގެން "ސީ" ފާސް ހާސިލްކޮށްފައިވުން ނުވަތަ އެޗް.އެސް.ސީ އިމްތިހާނުގެ ދިވެހި އަދި އިސްލާމް ނުހިމެނޭ ގޮތަށް އޭލެވެލް ދެ މާއްދާއިން ދަށްވެގެން "ސީ" ފާސް ހާސިލްކޮށްފައިވާ ފަރާތަކަށް ވާންޖެހެއެވެ. މިޝަރުތުތައް ހަވަމަވާ ފަރާތެއްނަމަ ފިރިހެން 5 ފޫޓް 1 އިންޗި ހަމަވުމާއި އަންހެން ނަމަ 4 ފޫޓް 8 އިންޗި އިސްކޮޅުގައި ހަމަވާންޖެހެއެވެ.
މީގެއިތުރުން ސާނަވީ ތައުލީމު ފުރިހަމަކުރުމާއެކު ފިޒިކަލް ފިޓްނެސް އެފަރާތެއްގެ ކިބައިގައި ހުރި މިންވަރު ދެނެގަތުމަށް ފުލުހުންގެ ހިދުމަތުގެ ފަރާތުން ހާއްސަގޮތެއްގައި ބެލެވޭ މިންގަނޑުގެ ތެރެއިން ފާސްވުމާއެކު ފިރިހެނުން އިސްކޮޅުގައި 5 ފޫޓް 8 އިންޗި އަދި އަންހެނުން އިސްކޮޅުގައި 5 ފޫޓް 3 އިންޗި އަށްވުރެ ކުރުނޫން ފަރާތެއްކަމުގައި ވާންޖެހެއެވެ. އަދި މީލާދީގޮތުން 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހަކަށް ވުމާއެކު ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ބަޔާންކުރާ ރެކްރޫޓް ކުރެވޭ ފުލުހުންގެ އާންމު ޝަރުތުތައް ފުރިހަމަވެފައިވާ ފަރާތެއްކަމުގައި ވާންޖެހެއެވެ.
ގުޅުންހުރި

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލައި ފާސްކޮށް ދެ މީހަކު ހައްޔަރުކޮށްފި

21 އަހަރުގެ ޒުވާނާ ވެއްޓުނު މައްސަލައާއި ގުޅުންހުރި ގެތައް ބަލާފާސްކުރަން ފަށައިފި: މިނިސްޓަރު އަމީންގެ ގެ ހިމެނޭ!

ރައުދު ހައްޔަރުކުރަން ކޯޓު އަމުަރަކަށް އެދެފި
