
ދިގުރަށު އަލިފާނުގެ ހާދިސާ: ފުލުހުންގެ މޭޖަރ ކްރައިމް އިންވެސްޓިގޭޝަންގެ ހާއްސަ ތަހުގީގު ޓީމެއް އެރަށުގައި!
# ދިވެހި ފުލުހުންގެ ޙިދުމަތް-
އދ. ދިގުރަށުގައި ބިދޭސީން ދިރިއުޅޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 5 ބިދޭސީއަކު ނިޔާވި ހާދިސާގެ ތަހުގީގަށް މޭޖަރ ކްރައިމް އިންވެސްޓިގޭޝަންގެ ހާއްސަ ތަހުގީގު ޓީމެއް އެރަށަށް ގޮސްފި އެވެ.

މި ހާދިސާއާއި ގުޅިގެން ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އދ. ދިގުރަށުގައި ބިދޭސީން ދިރިއުޅޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓު، 2026 މާރިޗު 12 ވަނަ ދުވަހުގެ ރޭ 01:57 ހާއިރު ދިވެހި ފުލުހުންގެ ހިދުމަތަށް ލިބިފައިވާ ކަމަށާއި މި ރިޕޯޓާ ގުޅިގެން ފުލުހުން ވަގުތުން އެ ސަރަހައްދަށް ގޮސް، 01:58 އެހައިކަންހާއިރު ހަރަކާތްތެރިވާން ފެށިއިރު، އެ ގޭގެ ބަދިގެ ތެރެއިން ވަރަށް ބޮޑަށް އަލިފާން އަރަމުންދާކަން ފާހަގަކުރެވުނު ކަމަށެވެ.
އެގޮތުން ގޭތެރޭގައި ތާށިވެފައި ތިބި މީހުން ސަލާމަތްކުރުމަށްޓަކައި، ފުލުހުންނާއި އާންމުން ގުޅިގެން ކުރި މަސައްކަތުން، ގޭގެ ބިތްދޮށު ފާރު ތަޅާލައިގެން ވަދެ ހަބަރު ހުސްވެފައިތިބި ހަތް މީހަކު އެ ތަނުން ނެރެ، ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށާއި ސިއްހީ މަރުކަޒަށް ގެންދިޔައިރު، އޭގެ ތެރެއިން ފަސް މީހަކު ނިޔާވެފައިވާ ކަމަށާއި، ދުމުގެ އަސަރު ކުރުމުގެ ސަބަބުން ދެ މީހެއްގެ ހާލު ސީރިއަސްކަން ކަށަވަރު ކުރެވުނުކަމަށް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފައި އެވެ.
ހާލު ދެރަ ދެ މީހުންނަށް އިތުރު ފަރުވާ ދިނުމަށްޓަކައި މިހާރު ވަނީ މާލެ ގެނެސްފައެވެ.
މީގެއިތުރުން، މި ހާދިސާއާ ގުޅިގެން ނަފްސާނީ ގޮތުން އަސަރުކުރި އިތުރު މީހަކަށް އެ ރަށު ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު، މިހާރު ވަނީ ދޫކޮށްލާފައެވެ.
މި ހާދިސާގައި އަނިޔާވި އަދި ނިޔާވި ހުރިހާ އެންމެންނަކީ ވެސް ބަނގްލަދޭޝް ރައްޔިތުންކަން ފުލުހުން މިހާރު ވަނީ ކަށަވަރުކޮށްދީފައި އެވެ.
ފުލުހުން ބުނީ އާންމުންނާއި ފުލުހުން ގުޅިގެން ކުރެވުނު މަސައްކަތުން މި އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވިފައިވަނީ ގާތްގަނޑަކަށް 02:30 އެހައިކަންހާއިރު ކަމަށެވެ. އެއާއިއެކު ހާދިސާ ހިނގި ސަރަހައްދު ކޯޑަންކޮށް މައްސަލައިގެ ތަހުގީގު ފަށައި މި ހާދިސާގެ މައުލޫމާތު މޭޖަރ ކްރައިމް އިންވެސްޓިގޭޝަނާ ހިއްސާކުރެވިފައިބާ ކަމަށާއި އެގޮތުން، މޭޖަރ ކްރައިމް އިންވެސްޓިގޭޝަންގެ ހާއްސަ ތަހުގީގު ޓީމު މިއަދު ހެނދުނުގެ ވަގުތެއްގައި ދިގުރަށަށް ގޮސްފައިވާކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.
މި ހާދިސާގެ މައުލޫމާތު ކަމާ ގުޅުންހުރި އިދާރާތަކާ ހިއްސާކުރުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ކުރަމުންނެވެ.
މީހުން ސަލާމަތްކުރުމާއި، އަލިފާން ނިއްވުމުގެ އިތުރުން ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ރަށުގެ ރައްޔިތުންގެ ފަރާތުން ދެއްވި ފުރިހަމަ އެއްބާރުލުމަށްޓަކައި ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.
އަދި މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާކަންވެސް ވަނީ ހާމަކޮށްފައެވެ.
ގުޅުންހުރި

މަސްތުވާތަކެތި ގެންގުޅެ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 2 އިން މީހަކު ހައްޔަރުކޮށްފި

ދިގުރަށު އަލިފާނުގެ ހާދިސާ: ފުލުހުންގެ މޭޖަރ ކްރައިމް އިންވެސްޓިގޭޝަންގެ ހާއްސަ ތަހުގީގު ޓީމެއް އެރަށުގައި!

ގިނަ އަދަދެއްގެ ބަނގުރަލާއި ފައިސާއާއިއެކު ބިދޭސީއަކު އަތުލައިގަނެ ޑީޕޯޓުކޮށްލަނީ
%20(1).webp&w=3840&q=75)
.gif&w=3840&q=75)



