ރިސޯޓު މުވައްޒަފުން ވެކްސިން ޖެހުމަށް ރެޖިސްޓްރީ ވާން ހުޅުވާލައިފި
އަޙްމަދު ޖަމީލު
2/3/2021, 1:19:16 PM
Amari-Havodda-Maldives-Arrival-Jetty-with-Boduberu-team-2
ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ކޮވިޑް-19 ވެކްސިން ޖެހުމަށް ރެޖިސްޓްރީ ވާން ޓޫރިޒަމް މިނިސްޓްރީން ހުޅުވާލައިފިއެވެ.
އެގޮތުން ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ވެކްސިން ޖަހަން ބޭނުންވާ މީހުންގެ ނަމާއި އުފަން ތާރީހާއި އައިޑީކާޑު ނަންބަރުގެ އިތުރުން ވަޒީފާ އަދާކުރާ ޑިޕާޓްމަންޓާއި މަގާމާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް މައުލޫމާތު ފޮނުވަން ޓޫރިޒަމް މިނިސްޓްރީން އިން ވަނީ އެދިފައެވެ.
އަދި ބިދޭސީ މުވައްޒަފުން ޕާސްޕޯޓް ނަންބަރާއި ވޯކްޕާމިޓް ނުވަތަ ވިސާ ނަންބަރު ވެސް ރެޖިސްޓްރީއަށް ބޭނުންވާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ސަފާރީ އާއި ހޮޓާތަކުގެ އިތުރުން ގެސްޓްހައުސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށްވެސް ވެކްސިން ޖެހުމަށް ރެޖިސްޓްރީ ކުރެވޭއިރު، ރެޖިސްޓްރީވާން މައުލޫމާތު ފޮނުވަން ޖެހެނީ [email protected] އަށެވެ.