logoEN
cocacola
އެގްރިކަލްޗަރ އިކޮނޮމިކް ޒޯން ވާނީ ޓެކްނޮލޮޖީން މުއްސަނދި ފަޚުރުވެރި މަޝްރޫއުއަކަށް: ސައީދު

އެގްރިކަލްޗަރ އިކޮނޮމިކް ޒޯން ވާނީ ޓެކްނޮލޮޖީން މުއްސަނދި ފަޚުރުވެރި މަޝްރޫއުއަކަށް: ސައީދު

ހަސަން ޝާއިން

logo

4/2/2024, 7:17:41 AM

# މިނިސްޓްރީ އޮފް ޓޫރިޒަމް

އިގުތިސާދީ ކަންކަމާ ބެހޭ ވަޒީރު މުހައްމަދު ސައީދު-- ފޮޓޯ: ރައީސް އޮފީސް

އުތުރުތިލަފަޅުގައި މި ސަރުކާރުން ޗައިިނާއާއިއެކު ކުރިއަށް ގެންދިއުމަށް އެއްބަސްވެފައިވާ އެގްރިކަލްޗަރ އިކޮނޮމިކް ޒޯން ވާނީ ޓެކްނޮލޮޖީން މުއްސަނދި ފަޚުރުވެރި މަޝްރޫއުއަކަށް ކަމަށް އިގުތިސާދީ ކަންކަމާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ގޮސިޔާ

ވަޒީރު ސައީދު މިފަދައިން ވިދާޅުވީ، އުތުރުތިލަފަޅުގައި ދަނޑުވެރިކަމުގެ ބިޔަ މަޝްރޫއެއް ހިންގަން ސަރުކާރުން ޗައިނާގެ ކުންފުންޏަކާ އެކު ސޮއިކުރި އެއްބަސްވުން (އެމްއޯޔޫ) އެމްޑީޕީގެ ވެރިކަމެއްގައި ބާތިލުކުރާނެކަން އެކުންފުންޏަަށް އަންގާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓަކާއި ގުޅިގެންނެވެ.

މިގޮތުން ސައީދު ވިދާޅުވީ، އެމްޑީޕީ އަށް ވެރިކަންކުރަން ސުޕަ މެޖޯރިޓީ އާއި އެކު 5 އަހަރު ލިބުނު ނަމަވެސް އާޚިރު ނަތީޖާއަކީ ހަމަކުރީފަހަރެކޭވެސް އެއްފަދައިން ޤައުމު ބަނގުރޫޓްކޮށްލުން ކަމަށެވެ. އަދި އެގްރިކަލްޗަރ އިކޮނޮމިކް ޒޯން ވެގެންދާނީ އާދަޔާއި ޚިލާފް، އެންމެ މި ޒަމާނުގެ ޓެކްނޮލޮޖީން މުއްސަދި ފަޚުރުވެރި މަޝްރޫއުއަކަށް ކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯންއިން އުތުރު ތިލަފަޅުން ބިން ހިއްކައިގެން ދަނޑުވެރިކަމުގެ ބިޔަ މަޝްރޫއެއް ހިންގުމަށް ޓަކައި އެއްބަސްވުމެއްގައި ސޮއިކުރީ ޗައިނާ ހާބަރް އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާއި އެކުގައެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީ ޒޯން (އެމްއައިޑީ) އަކީ ދައުލަތުގެ ފަސް ކުންފުންޏެއް ކަމަށްވާ އެސްޓީއޯ، އެޗްޑީސީ، އެމްޕީއެލް، އެމްޓީސީސީ އަދި އެމްއޭސީއެލް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާ އެކެވެ. އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ ހައިސިއްޔަތުން އެމްއައިޑީ ހިންގެވުމުގައި އިސްކޮށް އުޅުއްވަނީ ޝިމާދު އިބްރާހީމެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ