އިސްތަށިގަނޑު ވަރުގަދަކޮށްލަން ކަންތައްކުރަންވީ ގޮތް
ހުސެއިން
2/2/2021, 6:57:21 PM
depositphotos_203566428-stock-photo-portrait-sri-lankan-woman
އިސްތަށިގަނޑަކީ އިންސާނާގެ ރީތިކަން އެންމެ ފުރިހަމައަށް ދައްކުވައިދޭ އެއް ބައެވެ. ރީތި ވަރުގަދަ އިސްތަށި ގަނޑެއް ލިބުމަކީ ކޮންމެ މީހަކުވެސް ބޭނުންވާނެ ކަމެކެވެ. އެގޮތުން އިސްތަށިގަނޑު ރީތިކޮށް ވަރުގަދަކޮށް ބެހެއްޓުމަށް ބައެއް މީހުން އަގު ބޮޑެތި ތެލާ، ޝޭންޕޫ ކަހަލަ އެއްޗެހި ބޭނުން ކުރެއެވެ.
ފިޔާ
ބޭނުން ކުރާނެ ގޮތް: ރަނގަޅަށް ފިޔާ ސާފުކޮށް ދޮވުމަށްފަހު ފިޔާ ކުދިކޮށްކޮށާ ފިޔާކޮޅު ޗިސްކޮށްލުމަށްފަހު އޭގެ ދިޔަ ނަގާނީއެވެ. އަދި އެދިޔައިން އިސްތަށިގަނޑުގައި މަސާޖުކުރާނީއެވެ. އެއަށްފަހު 30-45 މިނެޓު ފަހުން ރަނގަޅަށް އިސްތަށިގަނޑު ދޮންނާނީއެވެ.
ކާށި ތެޔޮ
ބޭނުން ކުރާނެ ގޮތް: ފުރަތަމަ ދެ މޭޒުމަތީ ސަމްސާގެ ކާށިކެޔޮ ހޫނު ކުރާނީއެވެ. އެއަށްފަހު އިސްތަށިގަނޑު ކުޑަކޮށް ތެތްކޮށްލުމަށްފަހު ހޫނު ކޮށްފައިވާ ކާށިތެޔޮލުން އިސްތަށިގަނޑުގައި މަސާޖުކުރާނީއެވެ. އަދި އެއަށްފަހު އިސްތަށިގަނޑު އެއްޗަކުން ބަންދުކޮށްލާނީއެވެ. އަދި 30 މިނެޓު ފަހުން ރަނގަޅަށް އިސްތަށިގަނޑު ދޮވެލާނީއެވެ.
ބިސް
ބޭނުން ކުރާނެ ގޮތް: ދޭއް ނުވަތް ތިން ބިސް ރަނގަޅަށް އެއްކޮށްލާނީއެވެ. އަދި އިސްތަށިގަނޑު ރަނގަޅަށް ތެއްކޮށްލުމަށްފަހު އުނގުޅާނީއެވެ. އަދި 30 މިނެޓުފަހުން ތާފަނާ ފެނުން ރަނގަޅަށް ދޮވެލާނީއެވެ.
މިކަންތައްތައް ކުރުމުގެ އިތުރުން އިސްތަށިގަނޑު ރީތިކޮށް ވަރުގަދަކޮށް ބެހެއްޓުމަށް އެވަކާޑޯ އާއި، ކައްޓަލަ އަދި ސްވީޓް ޕެޕާ ފަދަ ތަކެތި ކެއުމުގައި ބޭނުން ކުރާށެވެ.
ސްވީޓް ޕެޕާ އަކީ އޭގައި ވިޓަމިން އޭ އަދި ސީ އެކުލެވޭ ތަރުކާރީ އެކެވެ. ސިއްޙީ މާހިރުން ބުނަނީ ކެއުމުގައި ސްވީޓް ޕެޕާ ބޭނުން ކުރުމުން އިސްތަށިގަނޑު ވަރުގަދަ ކޮށްދީ ދިގުކޮށްދެއެވެ. ބިއުޓީ ތެރަޕިސްޓުން އާންމުގޮތެއްގައި ޕެޕާ ޕޭސްޓް ތައްޔަރުކޮށް އިސްތަށިގަނޑުގައި އުގުޅައެވެ.
އަދި އެވަކާޑޯ އަކީ އޭގައި ވިޓަމިން އީ އެކުލެވޭ މޭވާ އެކެވެ. ސިއްޙީ މާހިރުން ބުނާގޮތުގައި މީގައި ހިމެނޭ ފެޓީ އެސިޑަކީ ބޮލުގައި ހަންފޮޅުމުން ދުރުކޮށްދޭ އަދި އިސްތަށިގަނޑަށް ދިމާވާ ތަފާތު މައްސަލަތައް ހައްލުކޮށްދީ އިސްތަށިގަނޑު ރީތިކޮށްދޭ އެއްޗެކެވެ.
މީގެ އިތުރުން ކައްޓަލައިގައި ހިމެނޭ ވިޓަމިން އޭ އިން ސެބަމް އުފެއްދުމަށް މަގުފަހިކޮށްދީ އިސްތަށިގަނޑު ދުޅަހެޔޮކޮށްދީ ހަދައެވެ.