logoEN
cocacola
ލަންކާގައި ހިނގި އެކްސިޑެންޓުތަކެއްގައި 4 އަހަރުގެ ކުއްޖަކާއި 2 ޒުވާނުން މަރުވެއްޖެ

ލަންކާގައި ހިނގި އެކްސިޑެންޓުތަކެއްގައި 4 އަހަރުގެ ކުއްޖަކާއި 2 ޒުވާނުން މަރުވެއްޖެ

އަހުމަދު ޝުރާއު

logo

11/8/2022, 3:02:07 PM

# ސްރީލަންކާ

ROAD-ACCIDENT-1-1

ލަންކާގައި ވޭތުވެދިޔަ 24 ގަޑި އިރު ތެރޭގައި ހިނގި އެކްސިޑެންޓްތަކުގައި ދެ ޒުވާނުންނާއި 04 އަހަރުގެ ކުއްޖަކު މަރުވެއްޖެ އެވެ.

ގޮސިޔާ

ފުލުހުން ބުނީ ކުރުނެގަލާ - އަނޫރާދަޕޫރާ ބޮޑު މަގުގައި ހުންނަ ގަލްގަމުވާ ޕޮލިސް ޑިވިޝަންގެ ގޭސް ހަންދިޔާ ކައިރިން ރޭ (07) ތިން ފުރޮޅުލީ އުޅަނދެއް އެކްސިޑެންޓްވެ 04 އަހަރުގެ ކުއްޖަކު މަރުވެފައިވަނީ ޑްރައިވަރަށް އުޅަނދުގެ ސްޕީޑް ކޮންޓްރޯލް ނުކުރެވުމުގެ ސަބަބުން ކަމަށެވެ.

މި އެކްސިޑެންޓުގައި އެ އޮޓޯ ދުއްވަން އިން ޑްރައިވަރާއި ދެ އަންހެނުންނާއި އެދެމީހުންގެ 4 ކުއްޖަކަށް އަނިޔާވި އެވެ. އޭގެ ތެރެއިން މަރުވެފައިވަނީ 4 އަހަރުގެ ފިރިހެން ކުއްޖެކެވެ.

ތިން ފުރޮޅުލީ އުޅަނދު ދުއްވަން އިން މީހާއާއި ފަސިންޖަރުންނަށް ގަލްގަމުވާ އާއި އަނޫރާދަޕޫރާ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. ގަލްގަމުވާ ފުލުހުން ދަނީ އިތުރު ތަހުގީގެއް ހިންގަމުންނެވެ.

މީގެ އިތުރުން މަކޯލާ- ކިރިބަތުގޯޑާ ބޮޑު މަގުގައި ހުންނަ ޖަޔަމަވަތާ ކައިރީގައި އިއްޔެ ހެނދުނު ހިނގި އެކްސިޑެންޓެއްގައި 17 އަހަރުގެ ކުއްޖަކު ވަނީ މަރުވެފައި އެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ ކިރިބަތުގޯޑާއިން މަކޯލާއަށް ދަތުރުކުރި ބަހަކުން އެ ދިމާލަށް ދަތުރުކުރަމުންދިޔަ އެހެން ބަހެއް އޯވަޓޭކް ކުރަން އުޅުމުގެ ތެރޭގައި، ކުރިއަށް ދުއްވާފައި ދިޔަ ސައިކަލެއްގައި ޖެހިގެން ކަމަށެވެ.

ޑެލްގޯޑާއަށް ނިސްބަތްވާ ސައިކަލު ދުއްވަން އިން މީހާ މަރުވީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނިކޮށެވެ. މި އެކްސިޑެންޓާ ގުޅިގެން ބަސް ދުއްވަން އިން ޑްރައިވަރު ހައްޔަރުކޮށްފައިވާއިރު، ކިރިބަތުގޯޑާ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

އުމުރުން 19 އަހަރުގެ ފިރިހެން ކުއްޖަކު މަރުވެފައިވަނީ އޭނާ ދުއްވާފައި ދިޔަ ސައިކަލުގެ ސްޕީޑް ކޮންޓްރޯލް ނުކުރެވުމުގެ ސަބަބުން ފާރެއްގައި ޖެހިގެންނެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ ހޯމަގަމާ ޕޮލިސް ޑިވިޜަންގެ ވަލައުވާ ކްރޮސްރޯޑްގައި އިއްޔެ މެންދުރު ފަހު ކަމަށެވެ. މި އެކްސިޑެންޓުގައި އަނިޔާވި ސައިކަލު ދުއްވަން އިން މީހާ މަރުވެފައިވަނީ ހޯމަގަމާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނިކޮށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައިވަނީ ހޯމަގަމާއަށް ނިސްބަތްވާ މީހެކެވެ. މި އެކްސިޑެންޓާ ގުޅިގެން ހޯމަގަމާ ފުލުހުން ދަނީ އިތުރު ތަހުގީގެއް ހިންގަމުންނެވެ. (ނިއުސްވަޔަރ)

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ