logoEN
cocacola
މިދިޔަ އަހަރާ އަޅާ ބަލާއިރު، ރާއްޖެއިން ކަނޑުމަސް އެކްސްޕޯޓު ކުރި މިންވަރު ވަނީ އިތުރުވެފައި - އެމްއެމްއޭ

މިދިޔަ އަހަރާ އަޅާ ބަލާއިރު، ރާއްޖެއިން ކަނޑުމަސް އެކްސްޕޯޓު ކުރި މިންވަރު ވަނީ އިތުރުވެފައި - އެމްއެމްއޭ

އައިޝަތު އިފާޝާ

logo

11/8/2022, 2:50:12 PM

# އެމްއެމްއޭ# ކަނޑުމަސްވެރިކަން

O9nYfOzJgIb2KpaF0dYRX4zMm

މިދިޔަ އަހަރާއި އަޅާބަލާއިރު ރާއްޖެއިން ކަނޑުމަސް އެކްސްޕޯޓްކުރި މިންވަރު އިތުރުވެފައިވާކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ގޮސިޔާ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ކޮންމެ މަހަކު ނެރޭ ސްޓެޓިސްޓިކްސް ރިޕޯޓްގައިވާގޮތުން މިއަހަރުގެ ސެޕްޓެންބަރު މަހުގެ މިޔަލަށް ރާއްޖެއިން 64375.1 މެޓްރިކް ޓަނުގެ މަސް ވަނީ ބޭރުކޮށްފައެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެއިން ބޭރުކޮށްފައިވަނީ 55831.5 މެޓްރިކް ޓަނުގެ މަހެވެ. މިއީ %13.3 ގެ އިތުރުވުމެކެވެ.

އެމްއޭގެ ރިޕޯޓުގައިވާ ގޮތުން، ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ ޢަދަދު މި މުއްދަތުގައި އިތުރުވެގެންދިޔަ މައިގަނޑު ސަބަބަކީ ރާއްޖެއިން ބޭރުކުރި ތާޒާ އަދި ގަނޑުކުރި ކަޅުބިލަމަހާއި ރީނދު އުރަހަ ކަންނެލި ބޭރުކޮށްފައިވާ މިންވަރު އިތުރުވުމެވެ.

މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ރާއްޖެއިން 36388.8 މެޓްރިކް ޓަނުގެ ކަޅުބިލަމަސް ބޭރުކޮށްފާވަާއިރު، މިއަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ރާއްޖެއިން ބޭރުކޮށްފައިވަނީ 38811.1 މެޓްރިކް ޓަނުގެ ކަޅުބިލަމަސްކަމަށް އެމްއެމްއޭގެ ރިޕޯޓުން ދައްކައެވެ. މިއީ މިދިޔައަހަރާއި އަޅާބަލާއިރު %6.2 ގެ އިތުރު އަދަދެކެވެ.

ކަޅުބިލަމަހުގެ އިތުރުން ރީނދޫ އުރަހަ ކަންނެލި ބޭރުކޮށްފައިވާ މިންވަރުވެސް އިތުރުވެފާވާކަމަށް އެރިޕޯޓުން ދައްކައެވެ.

އެގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖެއިން ބޭރުކޮށްފައިވަނީ 12143.2 މެޓްރިކް ޓަނުގެ ރީނދޫ އުރަހަ ކަންނެއްޔެވެ. އަދި މިއަހަރުގެ މިމުއްދަތުގައި ބޭރުކޮށްފައިވަނީ 17026.8 މެޓްރިކް ޓަނުގެ ރީނދޫ އުރަހަ ކަންނެލިކަމަށް ވާއިރު، މއީ މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާބަލާއިރު %28.6 އިތުރު އަދަދެކެވެ.

ކަޅުބިލަމަހާއި ރީނދޫ އުރަހަ ކަންނެއްޔަކީ އާއްމުގޮތެއްގައި ދަޅުމަހުގެ ގޮތުގައި ބަންދުކޮށް އެކްސްޕޯޓްކުރާ ބާވަތެވެ. ދަޅުގައި ބަންދުކުރި މަހުގެ ޑިމާންޑު ބައިނަލްއަޤްވާމީ ބާޒާރުގައި ބޮޑުވުމުގެ ސަބަބުން، ރާއްޖެއިން ދަޅުމަސް އެކްސްޕޯޓްކޮށްފައިވާ މިންވަރު އިތުރުވެފައިވާކަމަށް އެރިޕޯޓުގައިވެއެވެ. އެމްއެމްއޭގެ ރިޕޯޓުން ދައްކާގޮތުގައި، މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހާއި އަޅާބަލާއިރު، މިއަހަރުގެ މިމުއްދަތުގައި ދަޅުމަސް އެކްސްޕޯޓްކޮށްފައިވާ މިންވަރު ވަނީ %21 އިތުރުވެފައެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް މަސް ކުންފުނިތަކުން މަސް ގަނެފައިވާ މިންވަރުވެސް ވަނީ އިތުރުވެފައެވެ. މިމުއްދަތުގައި، ކަޅުބިލަ މަހުގެ އަގުތައް ވަނީ ކިލޯއެއް 14 ރުފިޔާއިން 15 ރުފިޔާއަށް އިތުރުވެފައެވެ. ނަމަވެސް، ރީނދޫ އުރަހަ ކަންނެލީގެ އަގު ވަނީ ކިލޯއެއް 87.4ރުފިޔާއިން 70.9 ރުފިޔާއަށް ދަށަށްގޮސްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ