logoEN
cocacola
ޗެކުން ކުރެވޭ މުއާމަލާތް ލިމިޓް ކުރަނީ

ޗެކުން ކުރެވޭ މުއާމަލާތް ލިމިޓް ކުރަނީ

އައިޝަތު އިފާޝާ

logo

9/3/2022, 12:30:54 PM

# އެމްއެމްއޭ

MBL

އަންނަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން ރާއްޖޭގައި ޗެކުން ކުރެވޭ މުއާމަލާތްތަކަށް ލިމިޓެއް ކަނޑައަޅައިފިއެވެ.

ގޮސިޔާ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މިއީ ރާއްޖޭގައި ޕޭމަންޓްގެ ޚިދުމަތް އަވަސް އަދި ލުއިފަސޭހަ ގޮތެއްގައި ކުރެވޭނެ އިންތިޒާމު ހަމަޖައްސައި، ނަގުދު ފައިސާއާއި ޗެކު ބޭނުންކުރާގޮތް މަދުކޮށް، ޑިޖިޓަލް ޚިދުމަތް ބޭނުންކުރާ މިންވަރު އިތުރުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ގެންނަ ބަދަލެއްކަމަށެވެ.

އެގޮތުން، އޭޕްރިލް 2023 ން ފެށިގެން ޗެކު ބޭނުން ކުރެވޭ އެންމެ މަތީ އަދަދަކީ ދިވެހި ރުފިޔާއިން ނަމަ 50،000 ރުފިޔާ ކަމަަށާއި ޑޮލަރުންނަމަ 3000 ޑޮލަރު ކަމަށް ވަނީ ކަނޑައަޅައިފައެވެ.

މި ގެންނަ ބަދަލު ވަކިވަކި ފަރުދުންނާއި ހުރިހާ ވިޔަފާރިތަކަށްވެސް ކަނޑައަޅާފައިވާކަމަށް އެމްއެމްއޭއިން ބުނެއެވެ.

ރާއްޖޭގައި ޗެކް ބޭނުންކުރާ މިންވަރު މަދުކުރުމާބެހޭ އެކްޝަން ޕްލޭނެއްވެސް ބޭންކްތަކާ ގުޅިގެން މިއަހަރުގެ ތެރޭގައި ވަނީ އެކުލަވާލާފައެވެ. އެގޮތުން ޗެކު ބޭނުން ކުރެވޭ ލިމިޓް ކަނޑައަޅާފައިވަނީ މި އެކްޝަން ޕްލޭންގެ ދަށުންނެވެ.

އެމްއެމްއޭއިން އިތުރަށް ބުނީ މި ނިންމުމަށް 1 އޭޕްރީލް 2023ގައި އަމަލުކުރަން ފަށާއިރު، ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ފަސޭހަކަމާއެކު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށާއި، މިކަމާގުޅިގެން ގެނެވޭ އެންމެހާ ބަދަލުތަކާގުޅޭ މައުލޫމާތު އެކަށީގެންވާ މުއްދަތެއްގެކުރިން ކަސްޓަމަރުންނާ ހިއްސާކުރުމަށް ބޭންކުތަކަށް އަންގާފައިވާކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ