
b_KtQdmWH7oPdi8jU8G09fOiLH0
ދިރާގު ހައިސްޕީޑް ފައިބަ އިންޓަނެޓްގެ ހިދުމަތް ރަސްމީކޮށް ގއ. ދެއްވަދޫގައި މިއަދު އިފްތިތާހުކޮށްފިއެވެ.

ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ މަގްސަދުގައި އެކުންފުނިން މި ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ ދެއްވަދޫގެ ރައްޔިތުންނަށް ހާއްސަ އޮފާތަކަކާ އެއްކޮށެވެ.
އެގޮތުން ދެއްވަދޫން ދިރާގު ފައިބަ ބްރޯޑްބޭންޑް ޕެކޭޖަށް އެދޭ ކަސްޓަމަރުންނަށް ހިލޭ ގުޅައިދިނުމުގެ އިތުރުން ފައިބަ އަށް ބޭނުންވާ ހާއްސަ ރައުޓަރު ނުވަތަ އޯއެންޓީ ވެސް ހިލޭ ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ. މިއީ އެންމެ ހަލުވި ސްޕީޑާއި އެންމެ ބޮޑެތި ޑޭޓާ އެލަވަންސްތައް ހިމެނޭ ތަފާތު ޕެކޭޖްތައް ހިޔާރުކުރުމަށް ލިބިގެންދާ ރަނުގެ ފުރުސަތެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
ދިރާގުން ބުނީ މި އޮފަ ކުރިއަށްދާ މުއްދަތުގައި ދިރާގު ޓީވީގެ ހިދުމަތަށް އެދޭ ކަސްޓަމަރުންނަށްވެސް، ހިލޭ ގުޅައިދިނުމުގެ އިތުރުން، ޖޯއިބޮކްސް (ޑީކޯޑަރު) ވެސް މުޅިން ހިލޭ ލިބޭނެ ކަމަށެވެ. އެގޮތުން ދެއްވަދޫގެ ރައްޔިތުންނަށް މިހާރު އެންމެ މަގުބޫލު ޓީވީ އަދި މުނިފޫހިފިލުވުމުގެ ކޮންޓެންޓް އެއް ޕްލެޓްފޯމެއްގެ ދަށުން ބަލައިލެވޭނެ ކަމަށް ބުންޏެވެ.
ދިރާގު ފައިބަ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުން އަންނަ އެންމެ ބޮޑު ފައިބަ ނެޓްވޯކް ކަމަށާއި އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 85 ޕަސެންޓަށް މި ހިދުމަތް ފޯރުކޮށްދީފައި ވާއިރު އޭގެ ތެރޭގައި 99 ރަށެއް ހިމެނޭ ކަމަށް ދިރާގުން ބުނެއެވެ.
ގުޅުންހުރި
ދެއްވަދޫ ކައުންސިލަށްވެސް ރައީސް ދެއްވީ ތަރައްޤީގެ ޔަގީންކަން!

ދެއްވަދޫގައި ކުރިޔަށް ގެންދިޔަ ރެސްކިއު ޑައިވަރުން ތަމްރީން ކުރުމުގެ ކޯސް 7 މީހަކު ފުރިހަމަކޮށްފި

އެންދަަމަން ފޭބި މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް ނިޔާވެފަ އޮއްވާ ފެނިއްޖެ
