logoEN
cocacola
ކްލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން ފެނަކަ އަށް

ކްލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން ފެނަކަ އަށް

އަހުމަދު މާހު

logo

11/5/2022, 11:24:06 PM

# ފެނަކަ# ކްލަބް މޯލްޑިވްސް ކަޕް

261108_088b020c-4_

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ކްލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން ފެނަކަ އިން ހޯދައިފި އެވެ.

ގޮސިޔާ

މުބާރާތުގެ ޗެމްޕިއަންކަން ފެނަކައިން ހޯދާފައިވަނީ، މިރޭ ކުޅުނު ފައިނަލުގައި އެމްޕީއެލްގެ މައްޗަށް 1-2 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު މި މެޗުގައި ފެނަކަ އިން ކާމިޔާބުކުރި ދެ ގޯލް ކާމިޔާބުކޮށްދިނީ މުހައްމަދު އައްޒާމް އާއި ހުސެއިން ޝަރީފް (އޮންލީ) އެވެ. އޮންލީ ވަނީ 13 ގޯލާއެކު މި މުބާރާތުގެ އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިއާގެ މަގާމުވެސް ހޯދާފަ އެވެ. އެމްޕީއެލްގެ ހަމައެކަނި ގޯލް ކާމިޔާބުކޮށްދިނީ އަލީ ޝަމާލް އަބްދުﷲ އެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފެނަކަ ޓީމަށް ތަށި ހަވާލުކޮށްދެއްވީ ފައިނަލް މެޗުގެ ޝަރަފުވެރި މެހެމާން، ރައީސުލްޖުމްހޫރިއްްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

މި މުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ފެނަކަ އިން ހޯދިއިރު އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ ދިވެހި ސިފައިންގެ ކްލަބުންނެވެ.

ކްލަބް މޯލްޑިވްސް ކަޕް ފެށުނީއްސުރެ ކްލަބް މޯލްޑިވްސް އިން އަންނަނީ އިޖުތިމާޢީ މައްސަލަތަކަށް އަހުލުވެރިކޮށް، ރައްޔިތުން ހޭލުންތެރިކުރުވުމަށް އަމިއްލަ ފަރުދުންނާއި މުއައްސަސާތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިއަހަރުގެ މުބާރާތުގައި ކްލަބް މޯލްޑިވްސް އިން ޕްރޮމޯޓްކޮށްފައިވަނީ ބްލައިންޑް އެސޯސިއޭޝަނެވެ.

މީގެ އިތުރުން ކްލަބް މޯލްޑިވްސް އިން މި އަހަރު މުޅިން އަލަށް 'އެކޮއި' ޓެބެއް ވަނީ ކްލަބް މޯލްޑިވްސް ވެބްސައިޓްގައި ހިމަނާފަ އެވެ. 'އެކޮއި' ގައި ހިމެނެނީ ކްލަބް މޯލްޑިވްސް ކަޕް 2022ގައި ކުޅުނު ކުޅުންތެރިންގެ ތެރެއިން ފާހަގަކޮށްލެވޭ ހުނަރުވެރި ކުޅުންތެރިންގެ މަޢުލޫމާތުތަކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ