logoEN
cocacola
ކަރަންޓުގެ ޙާލަތު އެންމެ ދަށް 6 ރަށުގެ މައްސަލަ 5 ދުވަހުގެތެރޭ ހައްލުކުރެވޭނެ - މުޢާޒް

ކަރަންޓުގެ ޙާލަތު އެންމެ ދަށް 6 ރަށުގެ މައްސަލަ 5 ދުވަހުގެތެރޭ ހައްލުކުރެވޭނެ - މުޢާޒް

އައިޝަތު އިފާޝާ

logo

3/22/2024, 5:35:32 PM

# ފެނަކަ# މުއާޒް މުޙައްމަރު ރަޝީދު

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ މުއާޒް މުޙައްމަދު ރަޝީދު

ކަރަންޓުގެ ޙާލަތު އެންމެ ނާޒުކު ހާލަތުގައި ހުރި ރަށްތަކަށް ބޭނުންވާ ޖެނެރޭޓަރުތައް ކުރިއަށް 5 ދުވަހުގެ ތެރޭގައި ފޯރުކޮށްދޭނެކަމަށް ފެނަކަ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.

ގޮސިޔާ

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ މުޢާޒް މުހައްމަދު ރަޝީދު މީސްމީޑިއާއަށް ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެންމެ ނާޒުކު ހާލާތުގައި މިވަގުތު ހުރި 6 ރަށަކަށް ބޭނުން ޖެނެރޭޓަރުތައް މިހާރު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް ހަތަރެއް ނުވަތަ ފަސް ދުވަހުގެ ތެރޭގައި އެ ހުރިހާ ރަށަކަށް ޖެނޭޓަރުތައް ފޯރުކޮށްދީ، އިންސްޓޯލްކޮށް ނިމޭނެ ކަމަށް ލަފާ ކުރޭވޭ ކަމަށް މުޢާޒް ވިދާޅުވިއެވެ.

މީގެތެރެއިން މިހާރު އެންމެ ހާލަތުދައް ހދ. ވައިކަރަދޫއަށް ބޭނުން 250 ކިލޯ ވޯޓުގެ ޖެނެރޭޓަރު މިހާރު ފޮނުވާފައިވާކަމަށްވެސް މުޢާޒް ވިދާޅުވިއެވެ. މީގެ އިތުރުން ގދ. ހޯޑެއްދޫއަށް ބޭނުންވާ 400 ކިލޯވޯޓުގެ ޖެނެރޭޓަރު މިހާރު ހޯދާ އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ އިތުރު 4 ރަށަކަށް ބޭނުންވާ ޖެނެރޭޓަރު ހޯދައި ކަސްޓަމުން ކްލިއަރ ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

ޖަނަރޭޓަރު އެންމެ އަވަހަށް ފޮނުވާނެ 4 ރަށް
  1. ހއ. ދިއްދޫ - 1 މެގަވޯޓު
  2. އައްޑޫ - 1 މެގަވޯޓު
  3. ކުޅުދުއްފުށި - 800 ކިލޯވޯޓު
  4. ރ. މީދޫ - 800 ކިލޯވޯޓު

ރޯދަމަހަކީ އެހެން މަސްތަކާއި ޚިލާފަށް ކަރަންޓު ބޭނުން ކުރާމިންވަރު އިތުރުވާ މަހެކެވެ. ފެނަކަ ކޯޕަރޭޝަނުން ވަނީ މިފަހަކަށް އައި ބައެއް ރަށްތަކުގެ ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެފައިވަނީ އިންޖީނުތައް މަރާމާތުނުކޮށް ގިނަ ދުވަސްވެގެންކަން ފާހަގަކޮށްފައެވެ.

މިމައްސަލަ ހައްލުކޮށް ރަށްތަކުގެ ކަރަންޓު ކެޕޭސިޓީ މަތި ކުރުމަށް އެކުންފުނިން ދަނީ ގިނަ މަސައްކަތް ކުރަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ