logoEN
Sto top
ސިއްކައިގެ އަބުރަށް އަރައިގަތުން ބަލައެއް ނުގަނެވޭ - ރައީސް ނަޝީދު

ސިއްކައިގެ އަބުރަށް އަރައިގަތުން ބަލައެއް ނުގަނެވޭ - ރައީސް ނަޝީދު

އައިޝަތު އިފާޝާ

logo

11/4/2022, 2:30:09 PM

# މުޙައްމަދު ނަޝީދު

Nasheed

3 ނޮވެމްބަރ 1988 ވަނަ ދުވަހުގެ އުދުވާނީ ހަމަލާއާ ގުޅުވައިގެން ސިއްކަ އަހުމަދު އިސްމާއިލް މަނިކުގެ އަބުރަށް އަރައިގަތުން ބަލައެއް ނުގަނެވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Wamco

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ، ރާއްޖޭގެ 34 ވަނަ ނަސްރުގެ ދުވަސް އިއްޔެ ފާހަގަކުރިއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުރެއްވި ޓުވީޓަކާއި ގުޅިގެންނެވެ. ޔާމީން ކުރެއްވި ޓުވީޓުގައި ވަނީ، އެދުވަހަކީ "ސިއްކަ ޑޭ" ގެ ގޮތުގައި ސިފަކުރައްްވާފައެވެ.

އެކަމާއި ގުޅިގެން ނަޝީދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ، 3 ނޮވެމްބަރުގެ ހަމަލާގައި ސިއްކަ އަހުމަދު އިސްމާއީލް މަނިކުގެ އަބުރަށް އަރައިގަތުންް އެއްގޮތަކަަށްވެސް ބަލައެއް ނުގަނެވޭ ކަމަށާއި، އޭނައަށް އިންތިހާ އަށް އަނިޔާކޮށް މަރުގެ ތުންފަތް މައްޗަށް ގެނެސް އޭނާ އަތުން ނެގި އިއުތިރާފް ބަޔާނަކީ ބޮޑު އޮޅުވާލުމެއް ކަމަށެވެ.

View post on Twitter

ސިއްކަ އަހުމަދު މަނިކަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒުނާ އަހުމަދުގެ ބައްޕަ އެވެ. އޭނަ އަކީ ނޮވެމްބަރު 3 ގެ ހަމަލާގެ ބައިވެރިވިކަމުގެ ކުށް ސާބިތުވެ 15 އަހަރަށް ޖަލަށް ވެސް ހުކުމްްކުރުމަށްފަހު ފަހުން މިނިވަންކޮށްްފައިވާ މީހެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside