logoEN
cocacola
ރަޝިއާގެ އަޒުރް އެއާގެ ދަތުރުތައް ލަންކާއަށް އަލުން ފަށައިފި

ރަޝިއާގެ އަޒުރް އެއާގެ ދަތުރުތައް ލަންކާއަށް އަލުން ފަށައިފި

# ސްރީލަންކާ

Azur-Air

ރަޝިއާގެ އެންމެ ބޮޑު ޗާޓަރު އެއާލައިން އަޒުރު އެއާގެ ދަތުރުތައް އިއްޔެ ސްރީލަންކާއަށް އަލުން ފަށައިފި އެވެ.

ގޮސިޔާ

ދަތުރުތަށް އަލުން ފެށުމުގެ ގޮތުން 335 ފަސިންޖަރުން ހިމެނޭ އަޒުރް އެއާގެ ފްލައިޓް ކަޓުނަޔަކަގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓް (ބީއައިއޭ) އަށް ޖައްސާފައިވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގަ އެވެ.

މޮސްކޯގެ ވްނުކޯވޯ އިންޓަނޭޝަނަލް އެއާޕޯޓުން ފުރި ޒެޑްއެފް-1611 މި ފްލައިޓް ބީއައިއޭއަށް ޖައްސާފައިވަނީ އިއްޔެ ހެނދުނު 9:46 ގައެވެ.

އަޒުރު އެއާއިން ފުރަތަމަ ހަފުތާއަކު ހަތަރު ފްލައިޓް ބާއްވަން ނިންމާފައިވާއިރު ޑިމާންޑަށް ބަލައި ގިނަ ސިޓީތަކުން އިތުރު ފްލައިޓްތައް ބާއްވަން ވަނީ ނިންމައިފަ އެވެ.

މިއީ ރަޝިއާގެ ފްލެގް އެއާލައިން އެރޯފްލޮޓްގެ ދަތުރުތައް މިދިޔަ ޖޫން މަހު ސްރީލަންކާއަށް އަލުން ފަށާފައިވާއިރު، މިއީ ސްރީލަންކާއަށް ދަތުރުތައް ފެށި ދެވަނަ ރަޝިއާ އެއާލައިނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ