logoEN
cocacola
ކޮރަޕްޝަން މައްސަލައެއްގައި ފެނަކަ ކުރީގެ އެމްޑީ ހިމެނޭހެން 4 މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

ކޮރަޕްޝަން މައްސަލައެއްގައި ފެނަކަ ކުރީގެ އެމްޑީ ހިމެނޭހެން 4 މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

އަލްފާ އަލީ

logo

11/2/2022, 10:11:13 PM

# ފެނަކަ

breaking ބްރޭކިންގް

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އުޞޫލުތަކާއި ޚިލާފަށް ލިކުއިޑޭޓެޑް ޑެމޭޖުގެ ގޮތުގައި ކަނޑަންޖެހޭ ފައިސާ އުނިނުކޮށް ކޮންޓްރެކްޓަރުންނަށް ފައިސާ ދީފައިވާ ކަމަށް ތުހުމަތުކުރެވުނު މައްސަލަ ތަޙްޤީޤުކޮށް، އެކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ހިމެނޭހެން 4 މީހެއްގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި އެންޓިކޮރަޕްޝަން ކޮމިޝަނުން ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް މިއަދު ފޮނުވައިފިއެވެ.

ގޮސިޔާ

އެންޓިކޮރަޕްޝަން ކޮމިޝަނުން ވިދާޅުވީ، މި މައްސަލާގައި ދަޢުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ 2014 އަދި 2015 ވަނަ އަހަރު ފެނަކަ ކޯޕަރޭޝަނަށް މުދާ ހޯދުމަށް އަމިއްލަ ކުންފުނިތަކަކާއެކު ވެވުނު އެއްބަސްވުންތަކަކާއި ގުޅިގެން، ސަޕްލަޔަރުންގެ މަސްލަޙަތަށް އިސްކަންދީފައިވާކަން ފާހަގަކުރެވުނު މައްސަލައެކެވެ.

މިމައްސަލައިގެ ތަޙުޤީގަށް ހޯދާފައިވާ ލިޔެކިއުންތަކުން އެއްބަސްވުންތަކާއި ގުޅިގެން އެ އެއްބަސްވުންތަކުގައިވާ މުދާ ސަޕްލަޔަރު ޑެލިވަރީކޮށްފައިވަނީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ފަހުންކަން އެނގިފައިވާ ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ. އަދި އެ އެއްބަސްވުންތަކާއި ފެނަކަ ކޯޕަރޭޝަނުގެ ޕްރޮކިއުމަންޓް ޕޮލިސީގައި، ކަނޑައަޅާފައިވާ ތާރީޚުގައި މުދާ ޑެލިވަރ ނުކުރާނަމަ، ސަޕްލަޔަރަށް ފައިސާ ދައްކާއިރު، މުދާ ޑެލިވަރކުރަން ލަސްވި މުއްދަތަށް ލިކުއިޑޭޓަޑް ޑޭމޭޖަސް އުނިކުރެވޭނެކަމަށް ބަޔާންކޮށްފައިވީނަމަވެސް، އެ އެއްބަސްވުންތަކާއި ގުޅިގެން ސަޕްލަޔަރުންނަށް ފައިސާ ދޫކޮށްފައިވަނީ ލިކުއިޑޭޓަޑް ޑެމޭޖަސްގެ ގޮތުގައި އުނިކުރަންޖެހޭ ފައިސާ އުނިނުކޮށް ނުވަތަ އުނިކުރަންޖެހޭ ޢަދަދަށްވުރެ މަދުން އުނިކޮށްގެންކަން ތަހުޤީގަށް ފާހަގަކުރެވިފައިވާ ކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ. އަދި ލިކުއިޑޭޓެޑް ޑެމޭޖަސްގެ ގޮތުގައި އުނިކުރަންޖެހޭ ފައިސާ އުނިކޮށްފައިނުވާތީ ނުވަތަ އުނިކުރަންޖެހޭ މިންވަރަށްވުރެ މަދުން ފައިސާ އުނިކޮށް ސަޕްލަޔަރުންނަށް ފައިސާ ދައްކާފައިވާތީ، 1,000,000.00 (އެއްމިލިއަން)އަށްވުރެ ގިނަ ރުފިޔާ، ފެނަކަ ކޯޕަރޭޝަނަށް ގެއްލިފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ.

އެންޓިކޮރަޕްޝަން ކޮމިޝަނުން އިތުރަށް ވިދާޅުވީ، މިމައްސަލައިގައި ތުހުމަތުކުރާ ފަރާތްތަކުން ފެނަކަ ކޯޕަރޭޝަނުގެ މަސްލަހަތަށްވުރެ އެއްބަސްވުން ހަދާފައިވާ ކުންފުނިތަކުގެ މަސްލަޙަތަށް އިސްކަންދީފައިވާކަން ތަޙުޤީގަށް ހާމަވެފައިވާ ކަމަށެވެ. އެހެންކަމުން އެންޓިކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނުގެ 25 ވަނަ މާއްދާގެ ދަށުން މިއީ ކޮރަޕްޝަން ހިމެނޭ މައްސަލައެއް ކަމަށް ކަނޑައަޅައި، މިމައްސަލައިގައި ތުހުމަތުކުރެވޭ.

1- ފެނަކަ ކޯޕަރޭޝަންގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނިމާލް (މ. ކޮކާހަނދުވަރު / ކ.މާލެ)

2- ފައިނޭންސް އެންޑް އެކައުންޓް ޑިޕާޓްމަންޓްގެ ޑިރެކްޓަރުގެ މަޤާމުގައި އޭރު ހުރި މިންހާޖު ވަޙީދު (ދަފްތަރު ނަންބަރ، ރސ 13520/ކ. މާލެ)

3- ޕްރޮޖެކްޓް ޑިވިޜަންގެ ޑެޕިއުޓީ ޑިރެކްޓަރގެ މަގާމުގައި އޭރު ހުރި އަޙްމަދު ޞާލިޙު ނާޞިރު (މޫންލައިޓް ހައުސް / ސ. މަރަދޫފޭދޫ)

4- ފައިނޭންސް އެންޑް އެކައުންޓްސް ޑިވިޜަންގެ ޑެޕިއުޓީ ޑިރެކްޓަރގެ މަޤާމުގައި އޭރު ހުރި އަޙުމަދު ޢަޒްލީމް (ރޯޒްގާޑަން / ސ. ހުޅުދޫ)

މި ހަތަރު މީހުންގެ މައްޗަށް ޤާނޫނު ނަންބަރު 2/2000(ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދަޢުވާއާއި، ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ހ) ގެ ދަށުން، ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާކުރުމަށްޓަކައި މިއަދު (02 ނޮވެންބަރު 2022) ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ. އަދި މިމައްސަލާގައި ގެއްލިފައިވާ ފައިސާ ހޯދުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް އެންޓިކޮރަޕްޝަން ކޮމިޝަނުން މިއަދުވަނީ އަންގާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ