logoEN
cocacola
"މަސްވެރިން އެޕް" ބޭނުންކުރަން ފަށަން ތައްޔާރުވަނީ

"މަސްވެރިން އެޕް" ބޭނުންކުރަން ފަށަން ތައްޔާރުވަނީ

އައިޝަތު އިފާޝާ

logo

10/30/2022, 12:50:41 PM

# މަސްވެރިން# މިފްކޯ

Masverin-Masbaanany-scaled

މިފްކޯގެ "މަސްވެރިން އެޕް" މިއަހަރުގެ މަސްވެރިންގެ ދުވަހު ރަސްމީކޮށް ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

ގޮސިޔާ

މިފްކޯގެ ސީއީއޯ އިސްމާޢީލް ފައުޒީ ވިދާޅުވީ މި އެޕްލިކޭޝަންގެ އަޖުމަ ބެލުމުގެ މަރުހަލާ މިހާރު ކުރިއަށްދާއިރު، "މަސްވެރިން އެޕް" މެދުވެރިކޮށް މަސްވެރިންނަށް މިފްކޯއިން ދޭ ޚިދުމަތްތައް ފަސޭޙަކަމާއެކު ލިބިގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އެޕްލިކޭޝަން ރެޑީ، މިހާރު ދޯނި ފަހަރާއެކު ޓެސްޓިންގ މަރުހަލާ ދަނީ، އެޕްލިކޭޝަނުން ވަރަށް ރަނގަޅު މައުލޫމާތުތަކެއް ލިބިގެންދާނެ، އެގޮތުން އޮޑިވެރިޔާ ގޭގައި ހުންނައިރު، އޭނާގެ ދޯނިން މަސް ކިރައިފިއްޔާ ނޮޓިފިކޭޝަނެއް ދާނެ، ބިލް ފެންނާނެ، ދޯނީގެ އޮޑިވެރިޔާ އަދި ކެޔޮޅަށް މިފްކޯގެ ކެޕޭސިޓީ ހުރި ވަރުވެސް ބަލާލެވޭނެ،" އިސްމާއިލް ވިދާޅުވިއެވެ.

މިފްކޯއިން ތައާރަފްކުރާ އެޕްލިކޭޝަނުން ދޯނިން މަސް ކިރާފައި ހުރި މިންވަރުގެ ތަފާސް ހިސާބުތައްވެސް ބަލާލެވޭނެއެވެ.

މިހާރުވެސް މިފްކޯއިން ދަނީ އެކުންފުންޏަށް ކިރާ މަހުގެ ފައިސާ އޮންލައިންކޮށް މަސްވެރިންނަށް ޖަމާކޮށްދެމުންނެވެ. އެގޮތުން ކޮންމެ ހަފްތާއެއްގައިވެސް އާދިއްތަ ދުވަހަކީ މިފްކޯއިން މަސްވެރިން އެކައުންޓުތަކަށް ފައިސާ ޖަމާކޮށްދޭ ދުވަހެވެ.

މިފްކޯއިން ދޭ ޙިދުމަތްތައް ޒަމާނީކުރުމަށް ކުރަމުންދާ މަސައްކަތްތަކާއެކު ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ގިނަ ކުރިއެރުންތަކެއް އަންނާނެކަމަށް އެކުންފުނިން ދެކެއެވެ. އަދި މިއީ މަސްވެރިންނަށްވެސް އޭގައި ލުއި ފަސޭހަތަކެއް ހުރި ކަމެއްގެ ގޮތުގައި އެކުންފުނިން ދެކެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ