
ރައީސްކަން ކުރެއްވި ބޭފުޅަކު ބޯ ހަމަނުޖެހޭ ވާހަކަ ދައްކާތީ ހައިރާންވޭ - އިމްރާން
# އިމްރާން އަބްދުﷲ# އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްNew Project (65)
ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅަކު ކުޑަކުދިން ދައްކާކަހަލަ ބޯ ހަމަނުޖެހޭ ވާހަކަ ދައްކާތީ ހައިރާންވާ ކަމުގައި ހޯމް މިނިސްޓަރ އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާންް މިހެންް ވިދާޅުވެފައިވަނީ، އިދިކޮޅު ކޯލިޝަނުން ހއ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި، ހއ ބާރަށުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަކަށްް ރައްދުދެއްވަމުންނެވެ.
އެޖަލްްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވަނީ އަދާލަތު ޕާޓީގެ މެމްބަރެއް ކަމަށްވާ އަލީ ޒާހިރު އެމަނިކުފާނުގެ ޝަރީއަތް ހިންގަމުންދާ ގޮތް އިރުއިރުކޮޅާ ބަލަންޖެހެނީ ކީއްވެތޯ ބުނެ ސުވާލުކޮށްފައެވެ.
ޔާމީންގެ އެސުވާލަށް ރައީސް އޮފީހުގެ ޗީޕް އޮފް ސްޓާފްގެ މަގާމުވެސް ފުރުއްވަމުންގެންދަވާ އަލީ ޒާހިރުވެސް ވަނީ ރައްދު ދެއްވާފައެވެ.
"މަނިކުފާނާ މެދު އަޅުގަނޑުގެ ނެތް ޝައުޤުވެރިކަމެއް. މަނިކުފާނުގެ ޝަރީއަތަކާ މެދު އަމުދަކުން ނެތް އިނގޭތޯ! ޔޫޓިއުބް އިން ލައިވްކުރާއިރުވެސް މަނިކުފާނުގެ ޝަރީއަތް ހިނގަމުންދާ ގޮތް ބަލަން ފުރުސަތު ނުލިބި ދަނީ - އަލީ ޒާހިރު ވިދާޅުވިއެވެ.
ހއ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް ޔާމީން ގެންދަވަނީ އަދާލަތު ޕާޓީއާއި ޝެއިޚް އިމްރާންއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންކަން ފާހަނގަކުރެވެއެވެ.
ގުޅުންހުރި

އިސްލާމްދީނުގެ އަޤީދާއާއި، މި ވަޠަނުގެ މިނިވަންކަމާއި އިސްތިޤުލާލު ރައީސް ދަމަހައްޓަވާނެ - އިމްރާންް

ދެން އަޅުގަނޑުގެ ވެރިކަމެއްގައި ދިއްދޫ ފަޅު ހިއްކާފައި އެއާޕޯޓެއް އަޅައިދޭނަން - ޔާމީން

ރައީސްކަން ކުރެއްވި ބޭފުޅަކު ބޯ ހަމަނުޖެހޭ ވާހަކަ ދައްކާތީ ހައިރާންވޭ - އިމްރާން
