logoEN
Sto top
މިނިސްޓަރ ސަމީރު ޔާމީނަށް: ދިވެހިންނަށް އެނގޭ ވަގަކީ ކާކުކަން

މިނިސްޓަރ ސަމީރު ޔާމީނަށް: ދިވެހިންނަށް އެނގޭ ވަގަކީ ކާކުކަން

އައިޝަތު އިފާޝާ

logo

10/17/2022, 8:15:22 AM

# އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް

New Project (66)

ދެވަނަ ދައުރަކަށް ހޮވިއްޖެ ނަމަ އަސްލު ވަގުންނަކީ ކޮންބައެއްކަން ހާމަކުރައްވާނެ ކަމަށް ބުނެ ކުރީގެ ރައީސް އަބްްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅަށް، ރައީސް އޮފީހުގެ މިނިސްޓަރ އަހްމަދު ސަމީރު ރައްދު ދެއްވައިފިއެވެ.

Wamco

އުތުރުގެ އަތޮޅުތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ހއ އިހަވަންދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނަށް ވެރިކަން ލިބިއްޖެނަމަ އަސްލު ވަގުންނަކީ ކޮބައިކަން ހާމަކުރައްވާނެ ކަމަށެވެ.

އެއަށް ރައްދު ދެއްވަމުން ރައީސް އޮފީހުގެ މިނިސްޓަރ ސަމީރު ވިދާޅުވީ، އަމިއްލަ ވެރިކަމުގެ 3 އަހަރު ވަގުންް ހޯދަންް ލިބުނު ފުރުސަތުގައި އެކަން ނުކުރެވުނު މީހަކަށް އަލަކުން ކުރެވޭނެ ކަމެއް ނެތް ކަމަށެވެ.

View post on Twitter

"ކޮނޑުގައި އޮތް ފުރޯ ވަލުން ހޯދަން ނޫޅުއްވާ. ދިވެހިންނަށް އެނގޭ ވަގަކީ ކާކުކަން." މިނިސްޓަރ ސަމީރު ވިދާޅުވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside