logoEN
cocacola
ކަންނެލި ދޯންޏެއްގެ އިންޖީނު ހުއްޓިގެން ސިފައިން ހަރަކާތްތެރިވަނީ

ކަންނެލި ދޯންޏެއްގެ އިންޖީނު ހުއްޓިގެން ސިފައިން ހަރަކާތްތެރިވަނީ

މަރިޔަމް ޝާލިނީ

logo

10/13/2022, 3:47:28 PM

# އެމްއެންޑީއެފް# ކަނޑުމަތީގެ ހާދިސާ# މަސްވެރިކަން

4102

ކ.ކާށިދޫ ކަނޑުން އިންޖީން ހުއްޓުނު ކަންނެލި ދޯންޏެއް އޮޔާދާތީ، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

ގޮސިޔާ

އެމްއެންޑީއެފުން ވިދާޅުވީ ހަ މީހުންނާ އެކު މިއަދު މާލެއިން ފުރައިގެން ރ.އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް، ކާށިދޫގެ ހުޅަނގުން 12 ނޯޓިކަލް މޭލް ބޭރުން "ހައިރާތު" ނަމަކަށް ކިޔާ އެ ދޯނީގެ އިންޖީނު ހުއްޓިގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއަށް މިއަދު 11:01 ގައި ލިބިފައިވާ ކަމަށެވެ.

އެ ވަގުތު އެ ހިސާބުން ދަތުރުކުރި "ދަ ފިއުލް 08" ނަމަކަށް ކިޔާ ތެޔޮބޯޓެއް ދޯންޏާ ކައިރިކޮށް ކަފުޖަހަން މަސައްކަތްކުރި ކަމަށާއި، އަދި، ކަނޑުގަދަކަމުން ކަފު ނުޖެހިގެން، އެ ދޯންޏާ ކައިރިކޮށް ފަހުން ދެ ފަރާތުން ވާ އައްސާފައިވާކަމުގެ މަޢުލޫމާތު ވަނީ ލިބިފައެވެ. އަދި ކަނޑުގަދަކަމުން ނުދުއްވޭ ކަމާއި ދޯނީގައި އައްސާފައިވާ ވާ ކަނޑައިގެން ގޮސްފިނަމަ ދޯނި އަޑިއަށް ގޮސްދާނެކަމަށް ވެސް ވަނީ މަޢުލޫމާތު ލިބިފައެވެ. --- އެމްއެންޑީއެފް

މި މަޢުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ފާސްޓް އިންޓަސެޕްޓަރ ކްރާފްޓް "ހަކުރާ" ލޯންޗު ވަނީ އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ.

އަދި، ދޯނީގެ ވެރިފަރާތާ ގުޅިގެން، އެ ދޯނި ކަފުޖެހުމަށް ކާށިދޫން މިއަދު 14:00 ހާއިރު ވަނީ އިތުރު އުޅަނދެއް އެ ސަރަހައްދަށް ފުރުވާލާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ