logoEN
cocacola
އޮޕަރޭޝަން ހިރާސް ފާސް: ކެމިކަލާ ގުޅުންހުރި 402 ތަނެއް ބަލާ ފާސްކޮށްފި

އޮޕަރޭޝަން ހިރާސް ފާސް: ކެމިކަލާ ގުޅުންހުރި 402 ތަނެއް ބަލާ ފާސްކޮށްފި

އަލްފާ އަލީ

logo

10/4/2024, 5:46:53 AM

# އޮޕަރޭޝަން ހިރާސް ފާސް# އެމްއެންޑީއެފް

-

ކެމިކަލް ރައްކާކުރާ ތަންތަން ބަލައި ފާސްކުރުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސަސްއިން ކުރިއަށްގެންދާ "އޮޕަރޭޝަން ހިރާސް ފާސް"ގެ ތެރެއިން 402 ތަނެއް ބަލައިފާސްކޮށްފި އެވެ.

ގޮސިޔާ

މި އޮޕަރޭޝަނާ ގުޅޭގޮތުން ޑިފެންސް މިނިސްޓްރީން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި އޮޕަރޭޝަންގެ ފުރަތަމަ 3 ދުވަހުގެ މަތިން، އިންސްޕެކްޝަން ޓީމްތަކުން ވަނީ، މީހުން ދިރިއުޅޭ 347 އިމާރާތަކާއި، ނުރައްކާތެރި ކެމިކަލް ރައްކާކުރާ 31 ގުދަނަކާާއި ކެމިކަލް ވިއްކާ 24 ފިހާރައެއް ބަލާ، މަޢުލޫމާތު އެއްކޮށްފައެވެ..

އޮކްޓޯބަރ މަހުގެ 1 ން 15 އަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި އޮޕަރޭޝަންގައި ކެމިކަލް ރައްކާކުރާ ތަންތަނާއި ވިޔަފާރިކުރާ ތަންތަން ހިންގަނީ ގަވާއިދާ އެއްގޮތަށްތޯ ބެލުމުގެ އިތުރުން، ގްރޭޓަރ މާލެ އޭރިއާގައި ފަސޭހައިން އަލިފާންރޯވާ ފަދަ ތަންތަނާއި އެ ތަންތަނުގައި ހުރި ހިރާސްތައް ވެސް މި އޮޕަރޭޝަންގެ ތެރެއިން ދެނެގަންނާނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފައިވެއެވެ.

މާލެ ސަރަހައްދުގައި ހުއްދަ ދީފައިވާ 285 ގުދަނެއް ހުރެއެވެ. މީގެ ތެރޭގައި ހިމެނެނީ މާލޭގައިހުރި 77 ގުދަނާއި ހުޅުމާލޭގައިހުރި 36 ގުދަނާއި ތިލަފުށީގައިހުރި 172 ގުދަނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ