ހުވަދުއަތޮޅު ދެކުނުބުރިން ހޮވާ ކެޔޮޅުންގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
އަލްފާ އަލީ
10/13/2022, 12:12:30 PM
203733_d1acea98-e_
ހުވަދުއަތޮޅު ދެކުނުބުރިން ހޮވާ ކެޔޮޅުންގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފި އެވެ.
ފިޝަރީޒް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ، 2022 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ގދ. ފަރެސްމާތޮޑާގައި ބާއްވާ ޙަފްލާގައި މަސްވެރިކަމުގައި ޢަމަލީގޮތުން ހަރަކާތްތެރިވާ ހުވަދުއަތޮޅު ދެކުުބުރިން ހޮވާލެވޭ އެންމެ ޚިދުމަތްތެރި ޒުވާން (35 އަހަރުން ދަށް) އަދި އެންމެ ތަޖުރިބާކާރު (35 އަހަރުން މަތި) ކެޔޮޅު ހޮވައި އެ ދެފަރާތުގެ އަގު ވަޒަން ކުރުމުގެ ގޮތުން އެވޯޑެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި އެވޯޑަށް ކުރިިމަތިލުމަށް ބޭނުންވާ ފަރާތްތަކުން 25 އޮކްޓޯބަރ ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީއަށް ހުށަހެޅުއްވުމަށް މިނިސްޓްރީން ވަނީ އެދިލައްވާފައެވެ.
މި އެވޯޑަށް ނަން ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ފޯމް މިނިސްޓްރީގެ ވެބްސައިޓް އިން ޑައުންލޯޑް ކުރެވޭނެއެވެ. މި ފޯމް ފުރުއްވުމަށްފަހު މިނިސްޓްރީއަށް އީމެއިލް ކުރެއްވުމަށްވެސް ވަނީ އެދިލައްވާފައެވެ.