logoEN
WAMCO TOP 1
އިމްޕޯޓް ޑިއުޓީ ކަނޑާލުމަކީ މަސްވެރި ސިނާއަތަށް ލިބުނު ކުރިއެރުމެއް - އެކްސްޕޯޓަރުން

އިމްޕޯޓް ޑިއުޓީ ކަނޑާލުމަކީ މަސްވެރި ސިނާއަތަށް ލިބުނު ކުރިއެރުމެއް - އެކްސްޕޯޓަރުން

އަހުމަދު ޝުރާއު

logo

5/27/2026, 6:54:59 AM

# މަސްވެރިކަން

-

އިނގިރޭސިވިލާތަށް އެތެރެކުރާ ދިވެހި ކަނޑުމަހުގެ އުފެއްދުންތަކުން ނަގަމުންދިޔަ ޓެރިފް (އިމްޕޯޓް ޑިއުޓީ) ކަނޑާލުމަށް އެ ގައުމުން ނިންމި ނިންމުމުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ދިވެހި މަސްވެރިކަމުގެ ސިނާޢަތުގެ އުފެއްދުންތަކުގެ އެކްސްޕޯޓަރުންގެ ޖަމީއްޔާއިން ބުނެފިއެވެ.

THE TRAVELLER AD

އެޖަމީއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ އިނގިރޭސިވިލާތަށް އެތެރެކުރާ ދިވެހި ކަނޑުމަހުގެ އުފެއްދުންތަކުން ނަގަމުންދިޔަ ޓެރިފް ކަނޑަލަން ނިންމި ނިންމުމަކީ މަސްވެރިކަމުގެ ދާއިރާއަށް ލިބިގެން ދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އިނގިރޭސިވިލާތުން މި ބަދަލު ގެނައީ، ގިނަ ބާވަތްތަކެއްގެ މުދާ އެތެރެކުރުމުގެ ޚަރަދު ކުޑަކޮށްދީ، ސަޕްލައި ޗެއިންތަކަށް އެހީތެރިކަން ފޯރުކޮށްދީ، އަދި އަގުހެޔޮވުމާއި އެތެރެކުރާ މުދާ ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދީގެން ކޮންސިއުމަރުންނަށް ފައިދާ ހޯދައިދިނުމަށް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ޖަމިއްޔައިން ބުނީ އިނގިރޭސިވިލާތުގެ މިނިްމުން ދާއިމަށް ދެމިގެންދާ ނިންމުމަކަށް ހެދުމަށް އެކަމުގެ މަޝްވަރާތައް ސަރުކާރުން ކުރިއަށްގެންދާނެކަމަށް އުންމީދުކުރާކަމަށެވެ. މިއީ އިނގިރޭސި ބާޒާރަށް، މަހުގެ އުފެއްދުންތައް ބޭރުކުރާ އެކްސްޕޯޓަރުންނަށް ހަމަޖެހޭ، އިތުބާރު އޮތް ބާޒާރެއް ޤާއިމުކޮށް މުސްތަޤުބަލު ބިނާކުރަން ފަސޭހަ މާހައުލެއް ހޯދުމަށް ކޮންމެހެންވެސް ކަށަވަރުކުރަން ޖެހޭ ނިންމުމެއްކަމަށްވެސް އެ ޖަމިއްޔާއިން ބުނެއެވެ.

ބައިނަލްއަގުވާމީ މައިދާނުގައި ދިވެހި މަސްވެރިކަމުގެ އުފެއްދުންތައް އުފައްދާ ފަރާތްތަކަށް ވާދަވެރި ކުރިއެރުންތަކެއް ހޯދައިދިނުމަށް މި ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތައް ފާހަގަކޮށް އެ ޖަމިއްޔާއިން ވަނީ ޝުކުރުއަދާކޮށްފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ވަޒީރު އަހުމަދު ޝިޔާމް ކުރައްވާ މަސައްކަތް ފާހަގަކޮށް އެޖަމިއްޔާއިން ވަނީ ޝުކުރުއަދާކުރައްވަފައެވެ.

ކޮމެންޓް
ފަހުގެ
HDC