logoEN
WAMCO TOP 1
އޯގަސްޓުމަހު ކުޑަކުދިންނަށް އަނިޔާކުރުމުގެ 100 މައްސަލައެއް

އޯގަސްޓުމަހު ކުޑަކުދިންނަށް އަނިޔާކުރުމުގެ 100 މައްސަލައެއް

މަރިޔަމް ޝާލިނީ

logo

10/12/2022, 2:05:42 PM

# ޖެންޑަރ މިނިސްޓްރީ# ކުޑަކުދިންނަށް ކުރާ އަނިޔާ

Child Abuse

މިދިޔަ އޮގަސްޓް މަހު ކުޑަ ކުޑަކުދިންނަށް އިހުމާލުވުމާއި ޖިންސީ ހާނިކަ ކުރުމުގެ ގިނަ މައްސަލަތަކެއް ހުށަހަޅާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީއިން ބުނެފި އެވެ.

THE TRAVELLER AD

އެ މިނިސްޓްރީއަށް އޮގަސްޓު މަހު ހުށަހަޅާފައިވާ މައްސަލަތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެ މަހު ޖުމްލަ 248 މައްސަލައެއް ވަނީ ރިޕޯޓްކޮށްފަ އެވެ. އޭގެ ތެރެއިން އެންމެ ގިނައީ ކުޑަކުދިންނަށް ކޮށްފައިވާ އަނިޔާގެ މައްސަލަ އެވެ. ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 100 މައްސަލައެއް އޮގަސްޓް މަހު ވަނީ ރިޕޯޓްކޮށްފަ އެވެ. އެ ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓްކޮށްގައި ވަނީ އިހުމާލުގެ މައްސަލަތަކެވެ. އިހުމާލު 33 މައްސަލައެއް ރިޕޯޓްކޮށްފައި ވެއެވެ.

ކުޑަކުދިންނަށް އޯގަސްޓުމަހު ކޮށްފައިވާ އަނިޔާގެ އިތުރު މައްސަލަތަކަކީ:

ޖިންސީ ހާނިކައިގެ 24 މައްސަލަ

ޖިސްމާނީ ހާނިކައިގެ 15 މައްސަލަ

ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 11 މައްސަލަ

ނަފްސާނީ ހާނިއްކައިގެ 6 މައްސަލަ

އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ 4 މައްސަލަ

ބްލެކްމެއިލް ކުރުމުގެ 2 މައްސަލަ

ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 1 މައްސަލަ

އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 1 މައްސަލަ

އެހެނިހެން 3 މައްސަލަ

undefined

މީގެ އިތުރުން ޖެންޑާއަށް ހުށައެޅި މައްސަލަތަކުގެ ތެރޭގައި ކުޑަކުދިންގެ އަހުލާގާއި ގުޅުން ހުރި 16 މައްސަލައަކާއި އެފަދަ މައްސަލަތަކުގެ ތެރޭގައި ސްކޫލަށް ދާން ބޭނުން ނުވުމުގެ 5 މައްސަލަ، ކުށުގެ ވެއްޓަށް ހުށަހެޅިދާނެފަދަ އަމަލުކުރުމުގެ ފަސް މައްސަލަ، ރުޅި އިސްކުރުން / ރުޅިގަދަވެގެން އުޅުމުގެ ތިން މައްސަލަ، ގެއިން ނިކުމެގެން ދިއުމުގެ އެއް މައްސަލަ، ސްލޫކީ ދެ މައްސަލަ ހިމެނެ އެވެ.

އޭގެ އިތުރުން ޖެންޑާ މިނިސްޓްރީއަށް އޮގަސްޓްމަހުގައި ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 41 މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ. އެ ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިސްމާނީ އަނިޔާކުރުމުގެ 14 މައްސަލަ އެކެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 33 މައްސަލަ އޮގަސްޓު މަހު މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަސް ޖެންޑާއިން ބުނެ އެވެ.

އޮގަސްޓް މަހު ޖެންޑާއަށް ރިޕޯޓް ކޮށްފައިވާ އިތުރު މައްސަލަތަކަށް ބަލާއި އާއިލީ މައްސަލަތަކާއި ގުޅުންހުރި 34 މައްސަލައެއް ހުށަހަޅާފައި ވެއެވެ. އަދި އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން އުޅުމާއި ގުޅޭ 12 މައްސަލަ އެއްވެސް އޮގަސްޓްމަހު ރިޕޯޓްކޮށްފައި ވެއެވެ.

ކޮމެންޓް
ފަހުގެ
HDC