
-
މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ މަޤާމުން ޑޮކްޓަރ ޢާއިޝަތު ޝިހާމް އިސްތިއުފާ ދެއްވައިފި އެވެ.

ޢާއިޝަތު ޝިހާމް އިސްތިއުފާދެއްވިކަން އިތުބާރުހުރި މަސްދަރުތަކުން ގާފު ނޫހަށް ވަނީ ކަށަވަރުވެފައި އެވެ. ނަމަވެސް، ކުއްލި ގޮތަކަށް އެކަމަނާ އިސްތިއުފާދެއްވި ސީދާ ސަބަބެއް އަދި މިހާތަނަށް އެއްވެސް ފަރާތަކުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
ރައީސް އޮފީހުން ދާދި ދެންމެ އަކު ވަނީ މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ މަޤާމުން ޑޮކްޓަރ ޢާއިޝަތު ޝިހާމް މަގާމުން އިސްތިއުފާދެއްވިކަން ކަށަވަރުކޮށްދީފައި އެވެ. އެގޮތުން އިތުރު 9 ވަޒީރުންނާއިއެކު އެކަމަނާ ވެސް އިސްތިއުފާދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުޞަތު ދެއްވުމުގެގޮތުން ކަމަށެވެ.
ދާދިފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި ރިފަރަންޑްރަމް އިންތިހާބުގައި ސަރުކާރުން އުންމީދުކުރި ވަރުގެ ނަތީޖާއެއް ނެރެވިފައިނުވުމާއިއެކު ރައީސް މުއިއްޒު ވަނީ ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރެއްވުމަށް ކުރައްވަންޖެހޭ މަސައްކަތްތައް ކުރިއަށްގެންދަވާނެކަމުގެ ޔަގީންކަން އަރުއްވާފައި އެވެ.
ގުޅުންހުރި

ޖެންޑާ މިނިސްޓަރު އައިޝަތު ޝިހާމްވެސް މަގާމުން ވަކިކޮށްފި

އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި ޖެންޑަރ މިނިސްްޓްރީއަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދު 1341 ގައި!

އޯގަސްޓުމަހު ކުޑަކުދިންނަށް އަނިޔާކުރުމުގެ 100 މައްސަލައެއް




