logoEN
cocacola
ވިލިނގިލި - ކޫއްޑޫ ބްރިޖުގެ ވައުދު ރައީސް ފުއްދަވާނެ ކަމާމެދު ޝައްކެއް ނުކުރަން - ސައުދު

ވިލިނގިލި - ކޫއްޑޫ ބްރިޖުގެ ވައުދު ރައީސް ފުއްދަވާނެ ކަމާމެދު ޝައްކެއް ނުކުރަން - ސައުދު

އަލްފާ އަލީ

logo

10/12/2022, 1:30:13 PM

# މެމްބަރު ސައުދު ހުސެއިން

151510_3_066e7ed6f46ceb276e64445cc8c0b2c1fe8d6269_large

ވިލިނގިލި އަދި ކޫއްޑޫ ބުރިޖަކުން ގުޅާލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙް ވައުދުވެވަޑައިގަތް ގޮތަށް އެ ވައުދު ފުއްދަވާނެކަމާ މެދު ޝައްކު ނުކުރައްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

ސައުދު މިހެން ވިދާޅުވީ، އެ މަޝްރޫއާ ގުޅިގެން ކައުންސިލުން ފޮނުވި ސިޓީއަކަށް ރައީސް އޮފީހުން ޖަވާބު ނުލިބޭ ކަމަށް ބުނެ ދިޔަރެސް ނޫހުގައި ޝާއިއުކޮށްފައިވާ ހަބަރެއް ރިޓްވީޓްކުރުމަށް ފަހުގައެވެ.

ސައުދު ވިދާޅުވީ، ވިލިނިގިލި - ކޫއްޑޫ ބުރިޖުގެ ވައުދު ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙް ފުއްދަވާނެ ކަމާއި މެދު ޝައްކު ނުކުރައްވާ ކަމަށެވެ. އަދި ހުވަދު އަތޮޅުގެ ތަރައްޤީއަށް ކުރަންޖެހޭ ހުރިހާ ކަމެއް މިސަރުކާރުން ފޯރުކޮށްދެއްވާނެ ކަމަުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ސައުދު ވިދާޅުވި އެވެ.

"ދާއިރާގެ ކޮލަމާފުށި، ވިލިނިގިލި އަދި ހުވަދުއަތޮޅުގެ ތަރައްޤީއަށް ކުރަންޖެހޭ ހުރިހާ ކަމެއް މި ސަރުކާރުން ފުރިހަމަކޮށްދެއްވާނެ ކަމުގެ އިތުބާރާއި ޔަގީންކަން އެބައޮތް" - ސައުދު

ވިލިނގިލި-ކޫއްޑޫ ބްރިޖަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. އެހެން ނަމަވެސް ބްރިޖް އަޅާ ސަރަހައްދަކީ މިޔަރު އާލާވާ ސަރަހައްދެއް ކަމުން އިތުރު ދިރާސާތަކެއް ކުރަންޖެހޭ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ