
ދަރުމަވަންތަ ސްކޫލުގެ އައު ޢިމާރާތުގެ މަސައްކަތް ކުރިޔަށްދާގޮތް ނައިބު ރައީސް ބައްލަވާލައްވައިފި
# ނައިބު ރައީސް ފައިސަލް ނަސީމް# ދަރުމަވަންތަ ސްކޫލްFeY_rB3VEAAvBrO
ދަރުމަވަންތަ ސްކޫލުގެ އައު ޢިމާރާތުގެ މަސައްކަތް ކުރިޔަށްދާގޮތް ނައިބު ރައީސް ފައިސަލް ނަސީމް ބައްލަވާލައްވައިފި އެވެ.

އިއްޔެ ދަރުމަވަންތަ ސްކޫލުގެ އައު ޢިމާރާތުގެ މަސައްކަތް ކުރިޔަށްދާ ސައިޓަށް ނައިބު ރައީސް ޒިޔާރަތްކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ އާއި އެމިނިސްޓްރީގެ އިސް ފަރާތްތަކާއި އެކުގައި އެވެ.
މާލޭގައި ހުންނަ ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތް އަޅަން ހަވާލުކޮށްފައިވަނީ އެސްޖޭ ކޮންސްޓްރަކްޝަނާއެވެ.
މި މަސައްކަތް އެސް.ޖޭ ކޮންސްޓްރަކްޝަނާއި ޙަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި އެކުންފުންޏާއެކު އެޑިއުކޭޝަން މިނިސްޓްރީން ސޮއިކޮށްފައިވަނީ 4 ފެބްރުއަރީ 2020 ގައެވެ. އަދި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ހަމަ އެ އަހަރުގެ ޖޫންމަހުގެ ތެރޭގައި އެކުންފުނިން ވަނީ ފަށާފައެވެ.
އެހެންނަމަވެސް، އިމާރާތުގެ ކުރެހުމުގައި ބޮޑެތި މައްސަލަތަށް ހުރުމުން، ރީޑިޒައިނިންގ ދިގުލައިގެން ދިއުމާއި، އެ އަހަރު މުޅި ދުނިޔެއަށް ކުރިމަތިވި ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން، މި މަޝްރޫޢުގެ މަސައްކަތް ވަރަށް ބޮޑަށް މަޑުޖެހިގެންދިޔައެވެ.
ދަރުމަވަންތަ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް މަޑުޖެހިފައިއޮތުމަށްފަހު މިހާރު އެ މަސައްކަތް ދަނީ ވަރަށް ބާރަށް ކުރަމުންނެވެ. އެގޮތުން ސްކޫލުގެ އިމާރާތަށް ބޭނުންވާ ކޮންކްރީޓް މަސައްކަތުގެ ބޮޑުބައެއް ނިމި، ފިނިޝިންގގެ މަސައްކަތްތައް މިހާރު އަންނަނީ ކުރަމުންނެވެ.
ގުޅުންހުރި

ސަރުކާރުގެ މުޅި ތަޢުލީމީ ސިޔާސަތު އަމާޒުހިފާފައި ވަނީ 21 ވަނަ ޤަރުނަށް ދަރިވަރުން ތައްޔާރުކުރުމަށް - ނައިބު ރައީސް

ދަރުމަވަންތަ ސްކޫލުގެ އައު ޢިމާރާތުގެ މަސައްކަތް ކުރިޔަށްދާގޮތް ނައިބު ރައީސް ބައްލަވާލައްވައިފި

އިޤުތިޞާދު ބިނާވެފައި އޮތީ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ މައްޗަށް - ނައިބު ރައީސް
