logoEN
WAMCO TOP 1
ތިނަދޫގައި 200 ހައުސިންގ ޔުނިޓް އެޅުމަށް ބަޔަކާ ހަވާލުކޮށްފި

ތިނަދޫގައި 200 ހައުސިންގ ޔުނިޓް އެޅުމަށް ބަޔަކާ ހަވާލުކޮށްފި

# ގދ.ތިނަދޫ# ހައުސިންގ ޔުނިޓް

FeX5wDyaEAMiow9

ގދ. ތިނަދޫގައި 200 ހައުސިންގ ޔުނިޓް އެޅުމަށް ބަޔާކާ ހަވާލުކޮށްފި އެވެ.

THE TRAVELLER AD

ޑިޒައިން އެންޑް ބިލްޑް އުސޫލުން ތިނަދޫގައި 200 ހައުސިންގ ޔުނިޓް އެޅުމަށް ސިއެރާ ސްޓާ ޖޮއިންޓް ވެންޗަރ އާ ހަވާލުކުރީ ޕްލޭނިންގެ މިނިސްޓްރީގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައެވެ. މިކަމުގެ އެއްބަސްވުމުގެ ޕްލޭނިންގް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ހައުސިންގ ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު ވިޝާން އެވެ. އަސި ސިއެރާ ކޮންސްޓްރަކްޝަންސް އާއި ސްޓާ ކޮންސްޓްރަކްޝަންސްގެ ފަރާތުން ސޮއިކުރެއްވީ އެމްއެޗްޕީ ޕްރަސާދް އެރަތުނާ އެވެ.

މި މަސައްކަތް ސިއެރާ ކުންފުންޏާ ހަވާލުކޮށްފައިވަނީ 253.9 މިލިއަން ރުފިޔާއަށް 540 ދުވަސް ތެރޭގައި ނިންމުމަށެވެ.

މި މަޝްރޫޢޫގައި ހިމެނެނީ 200 ހައުސިންގ ޔުނިޓްގެގެ ތެރެއިން ކޮންމެ ހައުސިންގ ޔުނިޓެއްގައި 700 އަކަފޫޓް ހުންނާނެ އެވެ. ޔުނިޓެއްގައި ހިމެނޭނީ 3 ކޮޓަރި، 3 ފާހާނާ، ސިޓިންގ ރޫމް، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯރޫމެވެ.

މި މަޝްރޫޢުގެ ދަށުން ހައުސިންގ ޔުނިޓްތަކުގައި ދިރިއުޅޭ ފަރާތްތައް ހިތްފަސޭހަ މާހައުލެއް ގާއިމްކުރުމަށްޓަކައި ޔުނިޓްތައް ވަށައިގެން އަލިކުރެވިގެން ދާނެ އެވެ. އަދި ޕާކަކާއި ވެހިކަލް ޕާކްކުރާނެ ސަރަހައްދެއްވެސް ގާއިމްކުރެވިގެންދާނެ އެވެ.

ކޮމެންޓް
ފަހުގެ
HDC