logoEN
cocacola
މުދައްރިސުން ވާންވީ ދަރިވަރުންނަށް ނަމޫނާ ބަޔަކަށް

މުދައްރިސުން ވާންވީ ދަރިވަރުންނަށް ނަމޫނާ ބަޔަކަށް

# މުދައްރިސުން# އެޑިއުކޭޝަން މިނިސްޓަރ# މުދައްރިސުންގެ ދުވަސް

Aishath Ali

ދަރިވަރުންގެ ގައިގައި އަށަގަންނުވަން ބޭނުންވާ ރިވެތި ސިފަތަކުން މުދައްރިސުން ނަމޫނާ ދެއްކެވުމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢާއިޝަތު ޢަލީ އެދިލައްވައިފި އެވެ.

ގޮސިޔާ

މިއަދު ފާހަގަކުރަމުން އަންނަ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޢާއިޝަތު ޢަލީ ވިދާޅުވީ، ދަރިވަރުން އުނގެނޭތަކެތި ބިނާވެފައިވަނީ ހަމައެކަނި މުދައްރިސުން ނަގައިދެއްވާ ފިލާވަޅުތަކުން ނޫންކަމަށާއި، މުދައްރިސުންގެ ސުލޫކާއި ދަރިވަރުންނާއި މުޖުތަމަޢުއާއެކު މުދައްރިސުން އުފައްދާ ގުޅުންތަކާއި، މީހުންނާ މުއާމަލާތްކުރާ ގޮތްތަކުންވެސް ދަރިވަރުން ނަގާނެ ކަމަށެވެ.

ދަރިވަރުންގެ ދިރިއުޅުމުގައި އެކުދިންނަށް އެންމެ ނުފޫޒުފޯރާ އުމުރުފުރާގައި އެކުދިންނާ ބައްދަލުވާ މުދައްރިސުންނަކީ އެކުދިންގެ އުޅުންތަކާއި ގުޅުންތައް ބައްޓަން ކުރާ ފަރާތްތައް ކަމުން ދަރިވަރުންގެ ގައިގައި އަށަގަންނުވަން ބޭނުންވާ ރިވެތި ސިފަތަކުން މުދައްރިސުން ނަމޫނާ ދެއްކެވުމަށް މިނިސްޓަރ ވަނީ އެދިލައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ، ހަލުވި ދުވެއްޔެއްގައި ތަރައްޤީވަމުން އަންނަ ދުނިޔެއަށް ހޭލުންތެރިވެފައިވާ ދަރިވަރުން ބިނާކުރުމަށްޓަކައި ކިޔަވައިދިނުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް ގެންނަން ޖެހިފައިވާކަމަށެވެ. ކުރިން ޗޯކާއި ބޯޑުން ފުދުނުކަމުގައި ވިޔަސް އަދުގެ ދަރިވަރުންނަށް ބޭނުންވަނީ ފަންނުވެރިކަމާއި، ޓެކްނޮލޮޖީއާއި އުފެއްދުންތެރިކަމުގެ ހުނަރުތައް ކަމަށް މިނިސްޓަރ ފާހަގަކުރެއްވި އެވެ.

މި އަހަރުގެ މުދައްރިސުންގެ ދުވަހުގެ ޝިޔާރެއްގެ ގޮތުގައި ޔުނެސްކޯއިން ކަނޑައަޅަފައި ވަނީ،"ދަ ޓްރާންސްފޮމޭޝަން އޮފް އެޑިއުކޭޝަން ބިގިންސް ވިތު ޓީޗާސް" އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ