logoEN
Sto top
ޖީ.ޕީ.އީގެ ބޯޑް އޮފް ޑިރެކްޓަރސްގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ

ޖީ.ޕީ.އީގެ ބޯޑް އޮފް ޑިރެކްޓަރސްގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ

އަހުމަދު ޝުރާއު

logo

6/11/2025, 5:16:41 PM

# އެޑިއުކޭޝަން މިނިސްޓަރ

-

ގްލޯބަލް ޕާޓްނަޝިޕް ފޮރ އެޑިޔުކޭޝަން (ޖީ.ޕީ.އީ) ގެ ބޯޑް އޮފް ޑިރެކްޓަރސްގެ ބައްދަލުވުމުގައި އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ބައިވެރިވެ ވަޑައިގެންފިއެވެ.

Wamco

މިނިސްޓަރ މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވީ އޭޝިއާ އަދި ޕެސިފިކް ދާއިރާ ތަމްސީލުކުރައްވާ ބޯޑް މެންބަރުގެ ހައިސިއްޔަތުންނެވެ. ޖޫންމަހުގެ 3 އިން 5 އަށް އަށް ޕެރިސްގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި މިނިސްޓަރގެ އަރިހުގައި ސްޓޭޓް މިނިސްޓަރ އަދި ޓެކްނިކަލް އެޑްވައިޒަރ ޑރ. އަޙުމަދު މުޙައްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

ބައްދަލުވުމުގައި ޖީ.ޕީ.އީގެ ހިންގުމާއި ގުޅުންހުރި ގިނަ ނިންމުންތަކާއި، ކުރިއަށްގެންދިއުމަށް ރާވާ ހަރަކާތްތަކުގެ އިތުރުން، ކުރިއަށް އޮތް އަހަރުތަކަށް ލަފާކުރާ ބަޖެޓު ކަނޑައެޅުމަށް ކުރިއަށްގެންދިޔަ މަޝްވަރާތަކުގައި މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ބައިވެރިވެ ވަޑައިގެންނެވިއެވެ.

ގްލޯބަލް ޕާޓްނަރޝިޕް ފޯރ އެޑިޔުކޭޝަން (ޖީ.ޕީ.އީ) އަކީ ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ތަޢުލީމީ ނިޒާމު ކުރިއެރުވުމަށް ހިލޭ އެހީ ދޭ ބައިނަލްއަޤްވާމީ އެންމެ ބޮޑު އެއް ފަންޑެވެ.

ޖީ.ޕީ.އީ. އިން ވަނީ ރާއްޖޭގެ ތަޢުލީމީ ނިޒާމު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައެވެ. އެގޮތުން ޖީ.ޕީ.އީގެ 9.5 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއާއެކު ތައުލީމީ ނިޒާމަށް އިންގިލާބީ ހެޔޮ ބަދަލެއް ގެނައުމަށްޓަކައި "ތައިބަ' ގެ ނަމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ޙާއްސަ ޕްރޮޖެކްޓެއް ގާއިމުކުރެވި، އޭގެ މަސައްކަތް ކުރިއަށްދެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside