
އިސެސްކޯ އެޑިޔުކޭޝަން މިނިސްޓަރުންގެ ކޮންފަރެންސްގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ
# އެޑިއުކޭޝަން މިނިސްޓަރ--
އިސްލާމީ ޤައުމުތަކުގެ މެދުގައި އުފައްދާފައިވާ ބައިނަލްއަޤުވާމީ ޖަމިއްޔާ އެއް ކަމަށްވާ އިސްލާމިކް ވާރލްޑް އެޑިޔުކޭޝަނަލް، ސައިންޓިފިކް، އެންޑް ކަލްޗަރަ އޯގަނައިޒޭޝަން (އިސެސްކޯ) ގެ 3 ވަނަ އެޑިޔުކޭޝަން މިނިސްޓަރުންގެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ބައިވެރިވެ ވަޑައިގެންފިއެވެ.

މި ކޮންފަރެންސް ކުރިޔަށް ގެންގޮސްފައިވަނީ އޮކްޓޫބަރު 2-3 އަށް އޮމާން ގެ ވެރިރަށް މަސްކަޓްގައެވެ.
މި ކޮންފަރެންސްގައި މިނިސްޓަރގެ އިތުރުން ރާއްޖޭގެ ފަރާތުން ސްޓޭޓް މިނިސްޓަރ ޑރ. އަޙްމަދު މުޙައްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.
ޢަރަބި އިސްލާމީ ޤައުމުތަކުގެ އެޑިޔުކޭޝަން މިނިސްޓަރުން ބައިވެރިވާ މި މުހިންމު ކޮންފަރެންސްއަށް މިއަހަރު ކަނޑައަޅާފައިވާ ތީމް އަކީ "ބިޔޯންޑް ޓްރާންސްފޯމިންގ އެޑިޔުކޭޝަން ސަމިޓް: ފްރޮމް ކޮމިޓްމަންޓް ޓު އެކްޝަން" އެވެ. މި ތީމްގެ ދަށުން މިފަހަރު މަޝްވަރާކުރުމަށް ހަމަޖެހިފައިވަނީ އިސްލާމީ ދުނިޔޭގައި ތަޢުލީމު ދިނުމާގުޅޭ ގޮތުންނާއި، ތަޢުލީމު ފޯރުކޮށްދިނުމުގައި ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކުރިއަށް ގެންދިއުމާއި، އާޓިފިޝަލް އިންޓެލިޖެންސްގެ ދައުރު އަދި ޑިޖިޓަލް ޓްރާންސްފޮމޭޝަން އޮފް އެޑިޔުކޭޝަނާއި، އެކި ކުއްލި ޙާލަތްތަކުގައި ތަޢުލީމު ފޯރުކޮށްދިނުމުގެ މައްޗަށެވެ.
މީގެ އިތުރުން މި ކޮންފަރެންސްގެ އަމާޒަކީ ތަޢުލީމު ބަދަލުކުރުމަށް ޤައުމުތަކަށް ބާރުއެޅުމާއި، ޓްރާންސްފޯމިންގ އެޑިޔުކޭޝަން ސަމިޓުގެ ނިންމުންތައް ތަންފީޒުކުރުމުގައި ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމެވެ.
މިއަދުގެ ސެޝަންގައި މި ކޮންފަރެންސްގެ ތީމް އާ ގުޅޭ ގޮތުން އެކި ޤައުމުތަކުން ސްޓޭޓްމަންޓްތައް ހުށަހެޅުން ކުރިއަށްދާނެއެވެ. އެގޮތުން ދިވެހިރާއްޖޭގެ ފަރާތުން ސްޓޭޓްމަންޓް ހުށަހަޅުއްވާނީ މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢުއެވެ.
ގުޅުންހުރި

ޖީ.ޕީ.އީގެ ބޯޑް އޮފް ޑިރެކްޓަރސްގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ
.webp&w=3840&q=75)
މުދައްރިސުންނަށްވުރެ ޝަރަފުވެރި އިއްޒަތްތެރި ބަޔަކު ނުތިބޭނެ - ޝަފީއު

ތަޢުލީމުގައި ވާދަވެރިކަމުގެ ބަދަލުގައި އެކުވެރިކަމާއި އެއްބާރުލުން އިސްކުރޭ - ޝަފީއު
