logoEN
cocacola
އިންޑިއާގެ ވައިގެ ސަރަހައްދުގައި އޮތް ފްލައިޓެއްގައި ބޮމެއް އޮތް ކަމަށް ބުނެ އިންޒާރު ދީފި

އިންޑިއާގެ ވައިގެ ސަރަހައްދުގައި އޮތް ފްލައިޓެއްގައި ބޮމެއް އޮތް ކަމަށް ބުނެ އިންޒާރު ދީފި

އަލްފާ އަލީ

logo

10/3/2022, 2:56:31 PM

# ޗައިނާ# އިންޑިއާ# އީރާން

ezgif.com-gif-maker (1)

އިންޑިއާގެ ވައިގެ ސަރަހައްދުގެ ތެރޭގައި އުދުހެމުންދިޔަ ފްލައިޓެއްގައި ބޮމެއް އޮތް ކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެން އެގައުމުގެ އަސްކަރިއްޔާއާއި ކަމާ ގުޅޭ މުވައްސަސާތަކުން ހަރަކާތްތެރިވެއްޖެ އެވެ.

ގޮސިޔާ

އިންޑިއާގެ ފުލުހުން ވިދާޅުވި ގޮތުގައި ފްލައިޓުގައި ބޮމެއް އޮތް ކަމަށް ބުނާ މައުލޫމާތު ލިބުނީ އައި ފޯނު ކޯލަކުން މިއަދު ހެނދުނު އެގައުމުގެ ގަޑިން 9:20 ހާއިރު އެވެ. އަދި ބޮން އޮތީ އީރާނުގެ ތެހެރާނުން ޗައިނާގެ ގުއަންޒޫ އެއާޕޯޓަށް ދަތުރުކުރަމުން ދިޔަ އީރާނުގެ މަހާން އެއާލައިނުގެ ބޯޓެއްގައި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އިންޑިއާގެ އެއާފޯސް އިން ހާމަކުރި ގޮތުގައި ލިބުނު އެ މައުލޫމާތާ ގުޅިގެން އުދުހެމުންދިޔަ އެ ބޯޓު ކައިރިއަށް ދެ ފައިޓަރ ޖެޓު ފޮނުވައި ބޯޓުގެ މިސްރާބު ބަދަލުކޮށް އިންޑިއާއަށް ޖައްސަން ދެ އޮޕްޝަނެއް ވަނީ ހުށައަޅާފައެވެ. ނަމަވެސް އިންޑިއާއިން ހުށަހެޅި ހުށައެޅުންތަކަށް ދެކޮޅު ހަދައި ފްލައިޓުގެ ޕައިލެޓުވަނީ ދަތުރު ކުރިއަށް ގެންގޮސްފައެވެ.

ފްލައިޓް ޓްރެކް ކުރާ ވެބްސައިޓެއް ކަމަށްވާ ފްލައިޓްރާޑާ އިން ދައްކާ ގޮތުގައި އެ މަތިންދާބޯޓު މިހާރު ވަނީ ޗައިނާގެ ވައިގެ ސަރަހައްދަށް ވަދެފަ އެވެ.

"މަތިންދާބޯޓަށް ޖައިޕޫރަށް އަދި އެއަށްފަހު ޗަންދިގަރްއަށް ޖައްސާލަން އިހްތިޔާރު ދިން ނަމަވެސް ދެ އެއާޕޯޓަށް ވެސް ޑައިވާޓް ކުރަން ބޭނުން ނުވާ ކަމަށް ޕައިލެޓް އިއުލާނު ކުރި" އިންޑިއާގެ އެއާފޯސް އިން ބުންޏެވެ.

އިންޑިއާގެ އެއާފޯސް އިން ބުނީ އެގައުމުގެ ސިވިލް އޭވިއޭޝަން މިނިސްޓްރީ (އެމްއޯސީއޭ) އާއި ބިއުރޯ އޮފް ސިވިލް އޭވިއޭޝަން ސެކިއުރިޓީ (ބީސީއޭއެސް) ގުޅިގެން، ކަނޑައެޅިފައިވާ އިޖުރާއަތުގެ ދަށުން ހުރިހާ ފިޔަވަޅެއް ވެސް އަޅާފައިވާ ކަމަށެވެ.

ލާހޯރު އެއާ ޓްރެފިކް ކޮންޓްރޯލް އިން ވަނީ ދިއްލީ އޭޓީސީއަށް ބޮމުގެ އިންޒާރު ދިން ކަމަށް ބުނާ މައްސަލާގައި އެހީތެރިކަން ފޯރުކޮށްދީފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ