
ސައިރިކްސް ކޮލެޖާއި އެޗްޑީސީ ގުޅިގެން އިސްރަށްވެހިންގެ ދުވަސް ފާހަގަކުރަނީ
# އެޗްޑީސީ# އިސްރަށްވެހިން# ސައިރިކްސް ކޮލެޖްހުޅުމާލެ
މި އަހަރުގެ އިސް ރަށްވެހިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ސައިރިކްސް ކޮލެޖާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ހުޅުމާލޭގައި ހަރަކާތެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.

މިކަން އިންތިޒާމު ކުރާ ފަރާތުން ބުނީ، އިސް ރަށްވެހިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހުޅުމާލެ ފޭސް 2 ގައި ހާއްސަ ހަރަކާތެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށާއި މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 1 އޮކްޓޯބަރ 2022 ވަނަ ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ހިޔާ އެޗް14 ވަނަ ޓަވަރު ކުރިމަތީގައި ކަމަށެވެ.
މި ހަރަކާތުގެ ތެރެއިން ހެލްތް ސްކްރީނިންގ އާއި "ދުޅަހެޔޮކަން" ނަމުގައި ފޯރަމެއް އަދި އިސްރައްވެހިންގެ ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށް ވެސް އެފަރާތުން ވަނީ ބުނެފައެވެ.
މީގެ އިތުރުން، ކުޑަކުދިންގެ ތަފާތު ކުޅިވަރުތައް ވެސް އެ ހަރަކާތުގެ ތެރެއިން ކުރިއަށް ގެންދަން ވަނީ ހަމަޖެހިފައެވެ.
ގުޅުންހުރި

ދިވެހިރާއްޖެއާއި އިންޑިޔާގެ ގުޅުމަށް 60 އަހަރު ފުރުން ފާހަގަ ކުރުމަށް ހުޅުމާލޭ ގައި 60 ގަސް އިންދައިފި

ހުޅުމާލެ ޗެނަލް ޕާކުގެ މޫދުގައި އިންޖީނުލީ އުޅަނދު ދުއްވުން މަނާ ކޮށްފި

ހިޔާ ސަރަހައްދުގައި އައު ބަސް ސްޓޮޕެއް ގާއިމްކުރަނީ
