
މާދަމައިން ފެށިގެން އޭއެސްއެމްއެޗްގެ އޯޕީޑީ ޚިދުމަތް ލިބޭނީ އައު އިމާރާތުން!
# ގދ.ތިނަދޫ# ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްphoto_2022-09-30_20-14-55
ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް (އޭއެސްއެމްއެޗް)ގައި އިމާރާތް ކުރި އައު އޯޕީޑީ ހުޅުވައި، މާދަމާއިން ފެށިގެން ޚިދުމަތް ދޭން ފަށަން ތައްޔާރުވެއްޖެ އެވެ.

އެ ހޮސްޕިޓަލުން މިއަދު ބުނީ ހޮސްޕިޓަލުގެ މިހާރުގެ އޯޕީޑީައިން ފޯރުކޮށްދެމުންގެންދިޔަ ޚިދުމަތްތައް މާދަމާ، (01 އޮކްޓޯބަރ 2022) އިން ފެށިގެން، ދެމުންގެންދާނީ ހޮސްޕިޓަލުގެ ދެކުނު ސަރަހައްދުގައި ގާއިމްކުރެވިފައިވާ އައު އޯޕީޑީ އިމާރާތުގައި ކަމަށެވެ.
އޭއެސްއެމްޗްގެ އައު އޯޕީޑީ އިމާރާތަކީ ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. ހޮސްޕިޓަލުގެ އޯޕީޑީ އިމާރާތާއި ވިއްސާ ކޮޓަރި ހުންނަ އިމާރާތް އެޅުމުގެ އިތުރުން އިމަރޖެންސީ ރޫމް މަރާމާތު ކުރުމުގެ ބޮޑު މަޝްރޫއު މަސައްކަތް އެމްޓީސީސީއިން ފަށާފައިވަނީ މިދިޔަ އަހަރުގެ ތެރޭގައި އެވެ.
މި މަޝްރޫއަކީ އެ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ގެނައުމުގެ ގޮތުން ސަރުކާރުން 33.5 މިލިއަން ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.
ގުޅުންހުރި

ތިނަދޫގެ ސިއްހީ ހިދުމަތަށް 55 އަހަރު ފުރުން ފާހަގަކޮށްފި

ގައްދޫގައި ޒުވާން އަންހެން ކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް!

ގައްދޫގައި ޒުވާން އަންހެންކުއްޖަކު ރޭޕްކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
