
އެއްޖިއްސުން ގުޅުން ހިންގުން އާއްމުކުރާއިރު، ބައެއް މީހުން ކަންބޮޑުވަނީ ގަހެއް ކަނޑާލައިގެން - އަލީ ރަމީޒު
# އަލީ ރަމީޒުbig-re3tlf8incra4w6b9tdntd23d
އެއްޖިއްސުން ގުޅުން ހިންގައި އެކަން އާއްމުކުރާއއިރު ބައެެއް މީހުން ކަންބޮޑުވަނީ މަގުމަތީގައި ހުރި ގަހެއް ކަނޑާލައިގެން ކަމަށް އަލީ ރަމީޒު ވިދާޅުވެއްޖެ އެވެ.

އަލީ ރަމީޒު މިހެން ވިދާޅުވެފައި މިވަނީ، އަމީނީ މަގު ހެދުމަށް އެމަގުގައި ހުރި ގަސްތައް ކަނޑާ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ކޯޓަށް ދިޔުމަށް ތައްޔާރުވެފައިވާކަމަށް ބުނެފައިވާ ދަނޑިވަޅެއްގައެވެ.
އަލީ މިއަދު ކުރި ފޭސްބުކް ޕޯސްޓެއްގަިއ ބުނެފައިވަނީ، އެއްޖިއްސުން ގުޅުން ހިންގައި އެކަން އާއްމުކުރުމާއި، ބަނގުރާބޮއެ އެކަން އިޝްތިހާރު ކުރުމާއި، ކޮރަޕްޝަންގެ ތެރޭގައި ދައުލަތުގެ ބޮޑުންނާއި އާއްމުން ހައްދުފަހަނައަޅާ ގޮސްފައިވާއިރު، ބައެއް މީހުން ކަންބޮޑުވަނީ މަގުމަތީގައި ހުރި ގަހެއް ކަނޑާލައިގެން ކަމަށެވެ.
"އަޅެ ފަހެ ހައިރާން ނުވޭހެއްޔެވެ؟" އަލީގެ ޕޯސްޓު ނިންމާލަމުން ލިޔެފައިވެއެވެ.
އަމީނީ މަގުގެ ގަސްތައް ކަނޑާ މައްސަލާގައި ރައީސް ނަޝީދު ކޯޓަށް އަދި ދާދިފަހު ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވަނީ ސޯޝަލް މީޑިއާގައި ބަނގުރާފުޅިއެއްގެ ފޮޓޯވެސް ލުމުން ގިނަ ބަޔަކު ވަނީ ޝަމީމަށް ފާޑުކިޔާފައެވެ.