logoEN
cocacola
ޓެޓޫ ޖަހާ ޒުވާނުންނަށް އަލީ ރަމީޒުގެ ނަސޭހަތެެއް، އެއީ ކޫލް ކަމެއް ނޫން!

ޓެޓޫ ޖަހާ ޒުވާނުންނަށް އަލީ ރަމީޒުގެ ނަސޭހަތެެއް، އެއީ ކޫލް ކަމެއް ނޫން!

އައިޝަތު އިފާޝާ

logo

9/20/2022, 12:10:59 PM

# އަލީ ރަމީޒު

Closeup tattoo artist fill circuit tattooing

ޓެޓޫ ޖަހާ ޒުވާނުންނަށް އަލީ ރަމީޒު ނަސޭހަތެއް ދީފިއެވެ.

ގޮސިޔާ

އަލީ ޒަމީޒު މިއަދު އޭނާގެ ސޯސަލްމީޑިއާގެ އެކައުންޓުތަކުގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ޓެޓޫއާ ގުޅޭ ގޮތުން ވީޑިއޯ ރިޕޯޓެއް ހިއްސާކޮށް ޒުވާނުންނަށް ޓެޓޫ ޖެހުމަކީ ކޫލް ކަމެއް ނޫންކަމަށްް ވިދާޅުވެ ނަސޭހަތް ދީފައެވެ.

އަލީ ޒަމީޒު ވިދާޅުވިގޮތުގައި، ޓެޓޫ ޖެހުމަކީ ޖާހިލިއްޔަ ޒަމާނުގައި ކޮށް އުޅުނު ކަމެއް ކަމަށާއި، އެއީ އެކަމަށް ﷲ ގެ ލައުނަތް ހުރި އެކަލާންގެ ކޯފާ އާއި އަޒާބު ހައްގުވާ ކަމެއް ކަމަށެވެ.

View post on Twitter

އަލީ ރަމީޒު މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގެ ގިނަ ޒުވާނުންގެ މެދުގައި ޓެޓޫ ޖެހުމަކީ އާންމުކަމެކެވެ.

ޓެޓޫ ޖެހުމަކީ ނުރައްކާތެރިކަމެއް ކަމަށާއި، ޓެޓޫ ޖެހުމަށް ބޭނުންކުރާ ކަށި ނުވަތަ ދެލީގެ ސަބަބުން ސިއްހީ މައްސަލަތައް ކުރިމަތިވުމަކީވެސް ކައިރިކަމެއް ކަމަށް ޓެޓޫއާ ބެހޭ ގޮތުން އަލީ ރަމީޒު ހިއްސާކުރެއްވި ވީޑިއޯ ރިޕޯޓުގައި ބުނެފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ