logoEN
cocacola
ފަތުވާ މަޖިލީހުގައި ތިބެންވީ އަމިއްލަ ރަޢުޔާ ތައައްސަބުނުވާ ފިގުހުވެރިން - ޑރ. ޝަހީމް

ފަތުވާ މަޖިލީހުގައި ތިބެންވީ އަމިއްލަ ރަޢުޔާ ތައައްސަބުނުވާ ފިގުހުވެރިން - ޑރ. ޝަހީމް

އަލްފާ އަލީ

logo

9/22/2022, 10:15:58 AM

# ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު

5fe0d2e1-d327-42a7-88c9-77ed33434ebc-1536x1025

ފަތުވާ މަޖިލީހެއް ނުވަތަ ފިގުހު އެކަޑަމީއެއް އެކުލަވާލި ނަމަވެސް އެތަނެއްގައި ތިބެންވާނީ އެހެން ގައުމުތަކުން ފަތުވާތައް އިމްޕޯޓު ނުކުރާ، އަމިއްލަ ރައުޔަށް ތަޢައްސަބު ނުވާ ފިގުހުވެރިން ކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރ، އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

އޭނާ މިހެން ވިދާޅުވެފައިވަނީ ދީނީ ގޮތުން ހިޔާލު ތަފާތުވުން އުފެދޭ ކަންކަމުގައި ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް ދީނީ ފަތުވާ ފޯރުކޮށް ދިނުމަށާއި ފިގުހީ އާ މައްސަލަތަކުގެ ދިރާސާކޮށް، އެކަންކަމުގެ ދީނީ ލަފާ ފޯރުކޮށްދިނުމަށް އުފައްދާފައިވާ "އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލިސް" ހުސްކަމެއްގައި ގިނަ އަހަރުތަކެއް ވެފައިވާތީ އެ މަޖިލީސް އެކުލަވާލަން އިއްޔެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ފަތުވާ ކައުންސިލްގައި ނުވަތަ ފިގުހު އެކަޑަމީގައި ވިޔަސް ތިބެންވާނީ އެހެން ގައުމުތަކުގެ ފަތުވާ އިމްޕޯޓު ނުކުރާ، އަމިއްލަ ރަޢުޔާ ތައައްސަބުނުވާ އިލްމީ ފިގުހީ ބަހުސް ކުރަން ދަންނަ، އަދި، ވަގުތާއި ހާލަތަށް ފިގުހު ފައްތަން ދަންނަ ފިގުހުވެރިން -- ޑރ. ޝަހީމް

Fatwa Council ga nuvata Fiqh Academy ga viyas thibenvee ehen Qaumu thakuge fatwa import nukuraa, Amilla rauyah tha'assubu nuvaa Ilmee Fiqhee bahus kuran dhanna, adhi vaguthaa haalathah Fiqh fatthan dhanna Fiqhuverin.

— Mohamed Shaheem Ali Saeed (@Mohamedshaheem1) September 22, 2022

އެ ގަރާރު މަޖިލީހަށް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރ އާދަމް ޝަރީފް އުމަރެވެ. އޭނާ ވިދާޅުވީ ބަވަނަވެފައިވާ ދުނިޔޭގައި، ގުޅިލާމެހިފައިވާ ގޮތެއްގައި ދިރިއުޅެން ޖެހިފައިވާ ދިވެހިންނަށް އެކިގޮތްގޮތުން ފޯރަމުންދާ ނުފޫޒުތަކުގެ ސަބަބުން ދީނީ ހިލާފުތަކާއި ހަރުކަށި ފިކުރު އިތުރު ވެފައިވާ ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ