logoEN
cocacola
ޑރ ޝަހީމްގެ ރަސްމީ ވެބްސައިޓް އިފްތިތާހު ކޮށްފި

ޑރ ޝަހީމްގެ ރަސްމީ ވެބްސައިޓް އިފްތިތާހު ކޮށްފި

# ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު

Screenshot 2021-07-09 at 20.58.09

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ރަސްމީ ވެބްސައިޓް މިއަދު އިފްތާހްކޮށްފިއެވެ.

ގޮސިޔާ

ޑރ.ޝަހީމް.ކޮމް ގެ ނަމުގައި އޭނާގެ އަމިއްލަ ވެބްސައިޓެއް އިފްތިތާހްކޮށްފައިވާއިރު، އޭނާ ވިދާޅުވީ، އަޒުމަކީ އެ ވެބްސައިޓް މެދުވެރިކޮށް އިލްމު ފަތުރައި އިސްލާމީ ޙަޟާރަތަށް ހިދުމަތްކުރުން ކަމަށެވެ.

އެ ވެބްސައިޓްގައިވާގޮތުން އޭނާ ވަނީ ރާއްޖެއަށް މިހާތަނަށް ވެސް އެކިދާއިރާތަކުން ފާހަގަ ކޮށްލެވޭފަދަ ހިދުމަތްތަކެއް ކޮށްދެއްވާފައެވެ. އެގޮތުން ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ މުޝްރިފް މުސާޢިދުކަމާއި ވިލާކޮލެޖްގެ ފެކަލްޓީއޮފް ޝަރީޢާގެ (ފައުންޑިން) ޑީންކަމާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެެއާޒުގެ ސްޓޭޓް މިނިސްޓަރުކަމާއި އެ މިިނިސްޓްރީގެ މިނިސްޓަރުކަމާއި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރުކަމާއި، އެޔުނިވަރސިޓީގެ ޗާންސެލަރުކަމާއި އިސްލާމީ ޤައުމުތަކުގެ ޖަމްޢިއްޔާ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރުކަމާއި، އޯއައިސީގެ ވޮއިސް އޮފް ވިސްޑަމް ސެންޓަރުގެ އިންޗާޖުކަން ހިމެނެއެވެ. މީގެ އިތުރުން ބައިނަލްއަޤުވާމީ ތަޢުލީމީ އަދި އިސްލާމީ އެކި އެކި މުއައްސަސާތަކުގެ ތައުސީސީ މެމްބަރުކަމާއި، މެމްބަރުކަމާއި ރާއްޖޭގެ ފިޤުހު އެކަޑަމީއާއި މަނިޓަރީ އޮތޯރިޓީގެ ޝަރީޢާ ބޯޑުގެ މެންބަރުކަން ވެސް ކޮށްފައިވެއެވެ.

ހުވަދު އަތޮޅަށް ނިސްބަވްތެވަޑައިގަންނަވާ ޑރ. ޝަހީމަކީ ދުނިޔޭގެ އެންމެ ނުފޫޒު ގަދަ 500 މުސްލިމު ލީޑަރުންގެ ލިސްޓުގައި އިދާރީ ލީޑަރުންގެ ބައިގައި ނަން ހިމެނިފައިވާ ޝަޚްސިއްޔަތެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ